ހަބަރު
25 Feb 2023 | 21:49
ރިސޯޓް މުވައްޒަފުން ތުނބުޅި ބޭލުން މަޖުބޫރު ކުރުމާއި ދެކޮޅަށް ޕެޓިޝަނެއް

ޓުއަރިޒަމް އެމްޕްލޮއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ފަރާތުން ރިސޯޓުތަކުގެ މުވައްޒަފުންގެ ތުނބުޅި ކޮންމެ ދުވަހަކު ބޭލުމަށް މަޖުބޫރު ކުރުވާ ޕޮލިސީ ބަދަލު ކުރުމަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ޕެޓިޝަންއެއް ހުށަހަޅައިފިއެވެ.

އެގޮތުން ޓީމްއިން ކުރި ޓްވީޓެއްގައި ވަނީ ޓީމްގެ ޔުނިއަން ރިސޯޓްތަކުގެ ފަރާތުން ތުނބުޅި ޕެޓިޝަންވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އަށް ހުށަހަޅާފައިކަމަށް ބުނެފައެެވެ. މި ޕެޓިޝަންގައި 1500 ސޮއި ވާކަމަށް ޓީމްގެ ސެކްރެޓަަރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވެފައިވެއެވެ.

މިއާއިއެކު ޓީމްއިން ވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މި މައްސަލައާއި މެދު ސީރިއަސް ކޮށް ވިސްނާ ތުނބުޅި ބަހައްޓަން ބޭނުންވާ ރިސޯޓް މުވައްޒަފުންނަށް މިކަން ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ޤަބޫލްކުރާ ކަމަށް ބުނަފައެވެ.

މަސައްކަތަށް ނިކުތުމުގެ ކުރިން ކޮންމެ ދުވަހަކު ތުނބުޅި ބާލައި އޮމާން ކުރުމަށް ހަދާފައިވާ ގަވާއިދާއި ދެކޮޅަށް ރިސޯޓްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އަހަރު ތަކެއް ވަނީ ވެފައެވެ.

މިކަމާއި ގުޅިގެން މައުރޫފް ވިދާޅުވެފައިވަނީ ކްލީން ޝޭވް ގޮތެއްނޫން ގޮތެއް ބޭނުން ވާ ކަމަށާއި ބޭރުގެ ހޮޓެލް ޗެއިން ތަކުގައިވެސް ޑީސެންޓް ލެވެލް އަކަށް ތުނބުޅި ބަހައްޓަން ހުއްދަ ދޭ ކަމަށެވެ. އަދި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މިހާރުވެސް އެކަން އެބަ ޕްރެކްޓިސް ކުރާކަމަށެވެ.

އެހެންކަމުން ޕެޓިޝަންގައި ހަމަ އެމިންގަނޑުތަކާ އެއްގޮތަށް ތުނބުޅި ބެހެއްޓުމަށް ހުއްދަ ދިނުމަށް އެދިފަ ވާނެ ކަމަށް މައުރޫފް ވިދާޅުވެފައިވެއެެވެ.

މީގެ އިތުރުން މައުރޫފް ވަނީ މިމައްސަލައާއި ގުޅިގެން މިނިސްޓަރ ފައްޔާޒް އާއިއެކު ބޭއްވުުނު ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް ފާހަގަކުރައްވާ މައްސަލައަށްް ހައްލު ލިބިގެން ދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.