28 Jan 2019 | 09:58
އަންޑަމަން އެންޑް ނިކޮބާރ އައިލެންޑްސްގައި އިންޑިޔާގެ އަސްކަރީ މަރުކަޒެއް ޤާއިމްކުރަނީ

އަންޑަމަން އެންޑް ނިކޮބާރ އައިލެންޑްސްގައި އިންޑިޔާގެ ކަނޑުގެ ސިފައިންނަށް ޙާއްސަ އަސްކަރީ މަރުކަޒެއް ޤާއިމްކުރަން ތައްޔާރުވާކަމަށް އެގައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ދާދި ފަހުން ވަނީ ހާމަކޮށްފިއެވެ.

މި އަސްކަރީ މަރުކަޒު ވެގެންދާނީ އަންޑަމަން އެންޑް ނިކޮބާރ އައިލެންޑްސްގައި އިންޑިޔާއިން ހިންގާ ތިންވަނަ އަސްކަރީ މަރުކަޒަށެވެ. އެގޮތުން މިހާރުވެސް އެގައުމުގެ ސައުތް އަންޑަމަން އަދި ނިކޮބާރސް ގެ ކޭމްޕްބެލް ބޭ ހިސާބުތަކުގައި އިންޑިއާއިން ދަނީ އަސްކަރީ ޙަރަކާތްތައް ހިންގަމުންނެވެ. އަދި ސިޔާސީ ގޮތުން ހަލަބޮލިވެފައިވާ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި، އަންޑަމަން އެންޑް ނިކޮބާރ އައިލެންޑްސަކީ އަސްކަރީ ނަޒަރަކުން ވަރަށް ފައިދާބޮޑު ހިސާބެއްގައި އޮންނަ ރަށްތަކެއްކަން ފާހަގަކޮށްލެވެއެވެ.

އިންޑިޔާ ކަނޑުގެ ސިފައިންގެ ޗީފް ސުނިލް ލަންބާ މައުލޫމާތުދެއްވި ގޮތުގައި މި އަސްކަރީ މަރުކަޒު ޤާއިމްވެގެންދާނީ އަންޑަމަން އެންޑް ނިކޮބާރ އައިލެންޑްސް ގެ އެންމެ އުތުރުން ހިސާުބެއްގައެވެ. އަދި މިޔަންމާރ އާއި ކޮކޯ އައިލެންޑްސްއައި ކައިރިވުމުގެ އިތުރުން، އިންޑިޔާ ކަނޑުގެ ހާއްސަ އިޤްތިސާދީ ޒޯންއަށް ހުޅުވިފައިވުމުން މި މަރުކަޒުގައި އިންޑިޔާގެ އަސްކަރީ ޙަރަކާތްތައް ކުރިއެރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރިއަށްދާނެކަމަށް އޭނާ ފާހަކޮށްފައިވެއެވެ.

ކަައިރި ހިސާބުތަކަށް ދަތުރުކުރާ ކަނޑުމަތީ އަސްކަރީ ވައިގެއުޅަނދުތަކުގެ އިތުރުން ހެލިކޮޕްޓަރ އަދި ބޮޑެތި ވައިގެ އުޅަނދަށްވެސް މި މަރުކަޒުގައި ޙަރަކާތްތެރިވެވޭނެކަން ފާހަކޮށްލެވެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި އިންޑިޔާއިން ތިންވަނަ މިފަދަ މަރުކަޒެއް ބިނާކުރުމަކީ، އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ޗައިނާ އާއި އިންޑިޔާ ދެމެދު އޮންނަ ވާދަވެރކަމާ ގުޅިފައިވާ އަސްކަރީ ފިޔަވަޅެކެވެ.

ޗައިނާގެ ނުފޫޒު އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިންޑިޔާއިން މިފަދަ ނިންމުމެއް އައީ އަސްކަރީ ވާދަވެރިކަމެއްގެ ސަބަބުންކަމަށްވެސް ބެލެވެއެވެ.

އިންޑިޔާއިން ދަނީ ފަހަކަށް އައިސް އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އެގައުމުގެ އަސްކަރީ ފިޔަވަޅުތަށް ވަރުގަދަކުރުމަށް ފާޅުގައި އެކި ޙަރަކާތްތަކެއް ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jun 2026
އާރަށް މައްސަލަ: އާ ހެކިތައް ބަލައިގަތުމާމެދު އަންނަމަހު ގޮތެއް ނިންމަނީ
ސްޕްރީމް ކޯޓުގައި މިހާރު އޮތް މި މައްސަލާގައި މީގެކުރިން އެ ކޯޓުގައި ވާހަކަދައްކަވަމުން ދައުލަތުން ބުނެފައިވަނީ، އައު ހެކިތަކެއް ހުށަހަޅާފައިވަނީ، ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހަދައި، އެ ފަރާތްތައް ދެއްކެވި ވާހަކަ ތަކުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ.
14 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ހާއްސަ ޒިޔާރަތެއް
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފައެވެ
14 Jun 2026
އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރާނެ ގޮތުގެ ޓްރެއިނިން ފުލުހުންނަށް ދީފި
އެމެރިކާގެ ގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ކުއްތާ ގެންގުޅޭނެ ގޮތާގުޅޭ ހާއްސަ ޓްރެއިނިންގ ތަކެއް ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ.
14 Jun 2026
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި
ފިނޭގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ
14 Jun 2026
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސް ބޭނުމުގެ މުބާރާތެއް
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ހާއްސަ ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
14 Jun 2026
ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ ފުރުޞަތެއް ދީފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަލަށް އެކުލަވާލި "ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު" އަށް ފުރިހަމައަށް ޢަމަލުކުރުމަށްޓަކައި، ކާބޯތަކެތި އުފައްދާ އަދި އިމްޕޯޓްކުރާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
14 Jun 2026
ޚާމަނައީ ފަސްދާނުލުމުގެ ރަސްމިއްޔާތު ޖުލައި މަހު ބާއްވަނީ
ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، ޚާމަނައީގެ ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައެވެ.
14 Jun 2026
ބްރެޒިލްގެ ކުޅުންތެރިން 'ނާވަސްވެފައި' ތިބީމާ: ކޯޗު
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ބްރެޒިލާއި މޮރޮކޯ ރޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވީ، ބްރެޒިލްގެ ކުޅުންތެރިން ހިތްއަވަސްވެ ބިރުގެންފައި ތިބީމަ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.