ފިނޭންސް މިނިސްޓަރު އަމީރު ޕްރެސްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Feb 2023 | 14:47
ސޮވްރިން ފަންޑުގެ ހުރިހާ ބާރެއް ފިނޭންސް މިނިސްޓަރަށް ދޭން މަޖިލީހުން ފާސްކޮށްފި

ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތައް ފަސޭހަކަމާއެކު ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2017 ވަނަ އަހަރު ހުޅުވި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގެ ހުރިހާ ބާރުތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ދިނުމަށް މަޖިލީހުން ފާސްކޮށްފި އެވެ. 

މަޖިލީހުން އެފަދައިން ފާސްކުރުމާއެކު ދެން އެސްޑީއެފަށް ޖަމާކުރާ ފައިސާ ޚަރަދުކުރާނެ ގޮތް ނިންމާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ފަންޑު ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސީދާ ފިނޭންސް މިނިސްޓްރީންނެވެ.

މި އިސްލާހާއެކު އެސްޑީއެފުގައި ހުންނަ ފައިސާ އިންވެސްޓުކުރާނެ ގޮތް ނިންމަން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލަންޖެހެއެވެ. އަދި އެ ކޮމެޓީވެސް އެކުލަވާލާނީ ފިނޭންސް މިނިސްޓަރުގެ ލަފާފުޅުގެ މަތިންނެވެ. އެއާއެކު އެސްޑީއެފް ހިންގުމާއި ގުޅޭ އުސޫލުތައް އެކުލަވާލަން ޖެހޭނެ އެވެ. 

އެސްޑީއެފްގެ ހުރިހާ ބާރުތައް ފިނޭންސް މިނިސްޓަރު އަމީރަށް ލިބޭގޮތަށް މަޖިލީހުން ފާސްކުރުމުގެ ކުރިން އެސްޑީއެފް ބަލަހައްޓަމުން އައީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ. އެހެން ނަމަވެސް ފަންޑު ބޭނުން ކުރުމާއި ފައިސާ ޖަމާކުރުމުގެ ކަންކަން ބަލަހައްޓަވަމުން އައީ ފިނޭންސް މިނިސްޓްރީއާއި ރައީސް އޮފީހުގެ ބެލުމުގެ ދަށުންނެވެ. 

މިހާރު ގެނެވުނު އިސްލާހުތަކާއެކު ފަންޑު ބެލެހެއްޓުމުގެ ހުރިހާ ބާރެއް ފިނޭންސް މިނިސްޓަރަށް ލިބޭއިރު ރައީސް ޔާމީނުގެ ވެރިކަމުގައި ފަންޑަށް ޖަމާވެފައި ހުރި ބޭރު ފައިސާ މާރުކޮށް ދިވެހި ފައިސާއަށް ބަދަލުކުރަން ސަރުކާރުން ވަނީ 2020 ވަނަ އަހަރު ނިންމާފަ އެވެ. 

އެއާއެކު އެގޮތަށް އެކަން ނުކުރުމަށް އިޤްތިޞާދީ ފަންނުގެ ބޭފުޅުން ސަރުކާރަށް ލަފާއެރުވިއެވެ. އެއީ އެފަދައިން އެކަން ކޮށްފިކަމަށް ވާނަމަ ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމަށް ބޮޑެތި ގޮންޖެހުންތަކާއި ސަރުކާރުން ކުރިމަތިލާން ޖެހޭނެތީކަމަށް އެ ބޭފުޅުން ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.