ހޮލީވުޑްގައި ޒަމާނަކު ވިދާލި ލިންޑްސީ ލޯހޭން މިހާރު ކުރަނީ ކީއްބާ؟

28 Jan 2019 | 10:31

ލިންޑްސީ ލޯހޭންއަކީ ވަރަށް ހަގު އުމުރަކު ހޮލީވޫޑްގައި އޭނާގެ ތަރި އަރައިގެންދެިޔަ އަންހެން ފަންނާނެކެވެ. ނަމަވެސް އެންމެންނަށް ފާޅުގައި ލިންޑްސީގެ ޒުވާން އުމުރު ފާއިތުވެގެންދިޔައީ ވަރަށް އުނދަގޫގޮތަކަށެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޤްބޫލުވެގެންދިޔަ ލިންޑްސީ ދަނީ ފުރާވަރުންސުރެ އަމިއްލަ އެތައް މައްސަލަތަކަކާއި ކުރިމަތިލަމުންނެވެ. އަދި މިކަމުގެ ސަބަބުން ނަފްސާނީގޮތުގެ އިތުރުން މާލީ ގޮތުންވެސް ލިންޑްސީ އަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު، އޭރާ މިހާރަށް އޭނާގެ ދިރިއުޅުން އަަޅާކިޔާނަމަ ވަރަށް ބޮޑެތި ތަފާތުތަކެއް ފާހަގަކުރެވެއެވެ.

އަދިވެސް އުޖާލާކޮށް، ރީތިކަންމަތީ ދެމިހުންނަ ލިންޑްސީ ދާދި ފަހުން ވަނީ ދިވެހި ރާއްޖެއަށް އައިސް ދޮންފަނަށް ޒިޔާރަތްކޮށްފަކަމަށް މީސް މީޑިޔާގައި ދަނީ ޚަބަރު ފެތުރެމުންނެވެ. އަދި މިކަމަކީ ލިންޑްސީގެ މިހާރުގެ ދިރިއުޅުމުގައި އޭނާ ކުރާ މަސައްކަތާއު ގުޅިފައިވާކަމެއްކަންވެސް ފާހަގަކުރެވެއެވެ.

ލިންޑްސީ ލޯހޭން ވަަނީ 2018 ވަނަ އަހަރު ގްރީސްގެ މިކޮނޮސް ރަށުގައި ގައި ބީޗް ކްލަބް ވިޔަފާރިއެއް ޤާއިމްކޮށްފައެވެ. ދިވެހި ރާއްޖެއާއި ގާތްކުރާފަދަ ޤުދުރަތީ ރީތިކަމުގެ މާހައުލެއް މިކޮނޮސްގައި ތަޖުރިބާކުރެވޭއިރު، ލޯހޭން ރާއްޖެ ދަތުރުކުރުމަކީ އެއްގޮތަކުން ދިވެހިރާއްޖޭގެ ރީތިކަން ހަނދާންކޮށްދޭ ކަމެކެވެ.

މިކޮނޮސްގައި ހުރެފަވެސް ލޯހޭން ދިވެހި ރާއްޖޭގެ ހިތްގައިމު ދޮންފަނަށް ޒިޔާރަތްކުރީ އޭނާ ހަމަ ރަނގަޅަށްވެސް ދިވެހި ގޮނޑުދޮށްތަކުގެ ޖާދޫގައި ޖެހިގެންކަން ލަފާކުރެވެއެވެ.

ކޮންމެއަކަސް ގިނަ އުނދަގޫތަކަކަށްފަހު ލިންޑްސީ ލޯހޭންގެ ދިރިއުޅުން އަނެއްކާވެސް ހަމައަކަށް އެޅިއްޖެއެވެ. މަސްތުވާތަކެތީގެ އިތުރުން، އޭނާގެ އާއިލާގެ ތެރޭގައި ޖެހުނު ތަފާތު މައްސަލަތަކެއްގެ ސަބަބުން އަހަރުތަކެއް ނަފްސާނީ ހީނަރުކަމެއްގައި ހޭދަކުރި ލިންޑްސީގެ ވިސްނުން މިހާރު ހުރީ އޭނާގެ ވިޔަފާރި ކުރިއެރުމަށެވެ.

ލިންޑްސީ ގްރީސް ގެ މިކޮނޮސްގަ ހިންގާ ބީޗްކްލަބް ވިޔަފާރީގެ މަންޒަރުތައް ދައްކައިދޭ އެމް.ޓީ.ވީގެ ރިއެލެޓީ ޓީ.ވީ ސީރީޒް އެއްވެސް ބެލުންތެރިންނާ ލިންޑްސީވަނީ ހިއްސާކޮށްފައެވެ.

"ލިންޑްސީ ލޯހޭންސް ބީޗްކްލަބް" ނަމަކަށް ކިޔޭ މި ޝޯއަށް ލިންޑްސީގެ ފޭނުންގެ އިތުރުން އާންމުންގެ ގިނަ ބައެއްގެ ތަރުހީބުވަނީ ލިބިފައެވެ.

Advertisement

ކޮމެންޓް