ބީވީއައިއެސްއެމްގެ ބޭފުޅަކު--ފޮޓޯ: ވޮއިސް
ހަބަރު
02 Mar 2023 | 06:04
ބީވީއައިއެސްއެމްއިން ސިއްރު ވޯޓުލުމުގެ ހައްގު ހޯދުމަށް ބުރަ މަސައްކަތްތަކެއް

އެހީތެރިޔަކާއި ނުލާ ލޯފަން މީހުންނަށް ސިއްރު ވޯޓުލުމުގެ ހައްގުލިބިގަތުމަށްޓަކައި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ދަނީ އިލެކްޝަން ކޮމިޝަންއާއި ރާއްޖޭގެ ސިޔާސީ ޕާޓީތައް އަދިި މީޑިޔާތަކާއި ބައްދަލު ކުރަމުންނެވެ.

މިކަމާއި ގުޅިގެން ބީވީއައިއެސްއެމް އިން ވަނީ "ވޮއިސް" އަށް ވެސް އިއްޔެ ބަސްދީގަތުމެއް ދެއްވާފައެވެ.

އެގޮތުން ލޯފަން މީހުންނަށްވެސް ސިއްރު ވޯޓުލުމުގެ ހައްގު ގާނޫނުން ކަށަވަރު ކޮށްދީފައިވާއިރު މިކަން ކުރުމަށްޓަކައި އެހީތެރިޔަކާއިއެކު ދާ ދިޔުމުގެ ސަބަބުން ހަގީގަތުގައި އެ މީހެއްގެ ވޯޓް ސިއްރު ނުވާނެކަަމަށް އެޖަމްއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އަދި މިކަން ހައްލުކޮށް މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޙާބުގައި މިނިވަންކަމާއިއެކު ވޯޓުލެވޭނެ ގޮތެއް ހޯދުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައ މިކަން ކުރެވެމުން އަންނަ ގޮތް ވަނީ ދިރާސާކޮށްފައި ކަމަށް ބުނެފައިވެއެވެ.

އެގޮތުން ބީވީއައިއެސްއެމްއާއި އިލެކްޝަން ކޮމިޝަންްއާއި ބޭއްވުނު ބައްދަލުވުންތަކުގައި މި ދިރާސާއިން ތައާރަފް ކޮށްފައިވާ ޓެމްްޕްލޭޓް ވަނީ ދައްކާލާފައެވެ. އަދި ލޯފަން މީހުންނަށް އަމިއްލަ އިޚްތިޔާރުގައި ވޯޓްލެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން އިލެކްޝަން ކޮމިޝަނުން ދެއްވާކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

އިލެކްޝަން ކޮމިޝަންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން، އެމްޑީޕީ، އެމްއެންޕީ ފަދަ ސިޔާސީ ޕާޓީތަކާވެސް އެ ޖަމިއްޔާ އިން ވަނީ ބައްދަލުކޮށްފައެވެ.

އަދި މީޑިއާތައް މެދުވެރިކޮށް އާންމު ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ބީވީއައިއެސްއެމް ބޭފުޅުން ވަނީ އިއްޔެ "ވޮއިސް" އަށްވެސް ޓެމްޕްލޭޓް ދައްކާލާފައެވެ. 

އެގޮތުން ތައާރަފް ކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލެޓް ތައްޔާރު ކޮށްފައިވަނީ ވޯޓް ކަރުދަހާއި އެއްވަރަށް، ވޯޓް ކަރުދާހުުގައި ފާހަގަ ޖަހާގޮޅިއާއި ދިމާލުން ލޯފަން މީހުންނަށް އިނގިލިން އިހްސާސް ކުރެވޭނެ ފަދައިން ފާހަގަ ނިޝާނެއް ކަނޑާފައެވެ. މިޓެމްޕްލޭޓް ވޯޓް ކަރުދާސް މަތީ ބޭއްވުމަށްފަހު ފަސޭހަކަމާއިއެކު އެބޭފުޅަކު ތާއީދު ކުރަ ކެނޑިޑޭޓެއްގެ ނަންބަރުގެ މަތީގައި ކަނޑާފައި އިންނަ ނިޝާނުގެ އެހީގައި ފާހަގަ ޖެހޭނެއެވެ. އަދި އަމިއްލައަށް އެކަރުދާސް ވޯޓު ފޮށްޓަށް ލެވޭނެއެވެ. ކޮންމެ ވޯޓް ފޮށްޓަކަށް ބޭނުންވަނީ މީގެ އެންމެ ޓެމްޕްލޭޓްއެކެވެ.

ޖަމްއިއްޔާގެ ފަރާތުން "ވޮއިސް" އަށް ދެއްވި ބަސްދީގަތުމުގައި ވަނީ އެބޭފުޅުންގެ އިހްސާސްތަކާއި، ކޮށްފައިވާ ހިތި ތަޖުރިބާ އަދި ކުރިމަތިލާންޖެހިފައިވާ ތަކުލީފުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން އެކި ސިޔާސީ ފިކުރު ހުންނަ އާއިލީ މެމްބަރުން އަދި ރައްޓެހިންނާއިއެކު ވޯޓްލާން ދިޔުމުން ނުފޫޒު ފޯރުވަން މަސައްކަތް ކުރުން ފަދަ ކަންކަމުގެ ވާހަކަ ވަނީ ކިޔާދެއްވާފައެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ނަފްސާނި ގޮތުން އަސަރު ކޮށްފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެބޭފުޅުން ވަނީ އެކުރައްވާ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދެއްވާ އެބޭފުޅުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އާންމުންގެ ފަރާތުން އަދި ރާއްޖޭގެ އިދާރާތަކާއި ސިޔާސީ ޕާޓީތަކުންވެސް މަަސައްކަތް ކޮށްދެއްވުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.