ހުޅުމާލޭ މާރުކޭޓު
ހަބަރު
02 Mar 2023 | 12:24
އެޗްޑީސީއިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ރަށުމާރުކޭޓުން ބީލަމުގެ އުސޫލުން ގޮޅި ކުއްޔަށް ދޫކުރަނީ

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ރަށުމާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގާ ހައުސިންގ ޑިވެލޮޕްމެޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.

އެގޮތުން އެޗްޑީސީއިން ނެރިފައިވާ އިއުލާނެއްގައި ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅީގެންދާނީ ބީލަމުގެ އުސޫލުން ކަމަށާއި ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތީ އަގުހުށަހަޅާ ފަރާތްތަކަށް ކަމަށް ވަނީ ބުނެފައެވެ.

ބީލަން ކުރިއަށް ގެންދާނެ ތާރީހެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ބުނެފައިވަނީ 08 މާރިޗް 2023 އެވެ.

އެގޮތުން މިދުވަހުގެ ބީލަން 09:30 އާއި 11:00 އާ ދެމެދު ބީލަމުގެ ފޯމް ބަަލައިގަތުމަށްފަހު ބީލަން ހުޅުުވިގެން ދާނީ 11:00 އާއި ހަމައަށް ދޫކުރެވިފައިވާ ނަންބަރުތަކަށް ކަމަށް އިއުލާން ކޮށްފައިވެއެވެ.

މިކަން ކުރިއަަށް ގެންދާނެ ތަން ފަހުގެ ތާރީޙުގައި އިއުލާން ކުރެވޭނެ ކަަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

ބީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 3500ރ. (ތިންހާސް ފަސްސަތޭކަ) އެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން އަގު ހުށަހަޅާ 23 ފަރާތަށް 2 އަހަރުގެ މުއްދަތަކަށް 73.33 އަކަފޫޓުގެ ގޮޅިއެކެވެ.

ބީލަން ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓް ގައި ޝާއިއުކޮށްފައިވާ އިއުލާނާއިއެކު މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

އިތުރު މައުޅޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަނުގެ ނަންބަރު 1516 އަށް ގުޅުއްވުމަށް އެޗްޑީސީއިން އެދިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.