އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު އަދި ޓީ.އެފް.ޖީ ގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސާ
ހަބަރު
02 Mar 2023 | 18:02
"އާރޯ އެމްވީ ރަން"ގެ ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން އެމްވީ ރަން ސްޕޮންސަރ ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީ.އެފް.ޖީ) އާއި އެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމާއި ގުޅިގެން އެމް.ޑަބްލިޔު.އެސް.ސީއިން ނެރުނު ނޫސް ބަޔާނުގައި ވަނީ އެކުންފުނިން މި ރަން ސްޕޮންސާރ ކުރުމުގެ މައިގަނޑު މަގްޞަދަކީ، ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރުދިނުން ކަމަށް ބުނެފައެވެ.

އެގޮތުން މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއި ކުރެއްވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ޓީ.އެފް.ޖީ ގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ ހުސެން ޒިނާންއެވެ.

މިރަސްމިއްޔާތުގައި ޓީ.އެފް.ޖީގެ މެނޭޖްމަންޓް ޓީމާއި އެތުލީޓުންގެ އިތުރުން  އެމް.ޑަބްލިޔު.އެސް.ސީ ގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ "ރާއްޖޭގެ އެންމެ ބޮޑު އެއް ޔޫޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ އެމް.ޑަބްލިޔު.އެސް.ށް ލިބޭ ވަރަށް ބޮޑު ފަޙްރަކާއި އުފަލެއްކަމަށެ

މީގެ އިތުރުން އެމްޑީގެ ވާހަކަފުޅުގައި މިއެއްބަސްވުމުގެ ސަބަބުން މުވައްޒަފުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިވެގެންދާނެ ކަމަށާއި މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ދުޅަހެޔޮ މަސައްކަތުގެ ވެއްޓެއް ބިނާކޮށް، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ޓީއެފްޖީއަކީ ރާއްޖޭގައި އެންމެ ގިނަ ރަން ބާއްވާ ފަރާތްތައްވާއިރު މިއެއްބަސްވުމުގެ ދަށުން އެމްޑަބްލިޔުއެސްސީގެ ޕްރިމިއަރ ވޯޓާރ (އާރުއޯ) އިތުރަށް ޕްރޮމޯޓް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިއާއިއެކު އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެއް ކަމަށް ފާހަގަކުރައްވާ އެމްޑީވަނީ މިއެއްބަސްވުމުގެ ސަބަބުން ސަރުކާރުން މިސިޔާސަތު މިކުންފުނިން ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މީގެެ އިތުރުން ދުވުން ތެރިންނަށް އެފަރާތްތަކުގެ ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެމްޑަބްލިޔުއެސްސިއަކީ ކުޅިވަރުގެ އެކި ހަރަކާތްތައް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

މިއެއްބަސްވުމުގެ ދަށުން، މިރަންގެ ބްރޭންޑިންގ އެމް.ޑަބްލިޔު.އެސް.ސީ އިން އަލަށް ތަޢާރަފް ކުރި އާރޯ ޕްރިމިއަމް ފެނާއި ގުޅުވައި، "އާރޯ އެމްވީ ރަން" ގެ ނަމުގައި  ޓައިޓެލް ސްޕޮންސަރޝިޕް ވަނީ ދެއްވާފައެވެ. އަދި މިއާއިއެކު، ޓީ.އެފް.ޖީގެ ފަރާތުން އިންތިޒާމްކުރާ ބޮޑު 5 ރަން އާއި "ދަ މޯލްޑިވްސް ލޯންގް ރަން" ގެ ކޯ-ސޮޕޮންސްރ އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން ވަނީ ނަގާފައެވެ. 

"އާރޯ" ފެނަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި ބިއްލޫރި ފުޅީގައި ބަންދު ކުރެވުނު ފެނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ބްރޭންޑް އެމް.ޑަބްލިޔު.އެސް.ސީ އިން ތަޢާރަފް ކުރީ 2022 ނޮވެންބަރުގައެވެ.

ޓީ.އެފް.ޖީ ގެ ފަރާތުން، 2022 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު، އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ، "އެމް.ވީ ރަން" އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވޭ ދުވުމުގެ ހަރަކާތެއެވެ.

މިއަހަރު "އާރޯ  އެމް.ވީ ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ، 2 ޖޫން ވާ ހުކުރު ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން، ހުޅުމާލެގައެވެ.

ޖުމްލަ 5 ކިލޯ މީޓަރަށް ދުވަން ކަނޑައަޅާފައިވާ މިރަންގައި، ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ފައިސާގެ ގިނަ އިނާމްތަކެއް ޓީއެފްޖީ ގެ ފަރާތުން ދިނުމަށް ވަނީ ނިންމާފައެވެ.

މިގޮތުން، 1 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 7500 ރުފިޔާ، 2 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 4500 ރުފިޔާ އަދި 3 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 2500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 50 މިނެޓް ތެރޭގައި ދުވެ ނިންމާ ފަރާތްތަކުގެ ތެރެއިން ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް ފައިސާ އާއި އަދި އެހެނިހެން އިނާމުތަކެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

އެގޮތުން ގުރުއަތުލައިގެން ހޮވޭ 10 ނަސީބުވެރިންނަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިތުރު 10 ނަސީބުވެރިންނަށް އެހެނިހެން އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jun 2026
އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސް
ދެކުނުގެ ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ކަނޑު މަޑުވިނަމަވެސް، އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ
06 Jun 2026
ބޭނުންވަނީ ވިލިމާލެ އެ ފެހިކަންމަތީ ބާއްވައިގެން މަޝްރޫޢުތައް ކުރިއަށްގެންދަން
ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައްވެސް ކުރިއަށްގެންދާނީ ތިމާވެށި ހިމާޔަތްކުރުމާ ގުޅިލާމެހިގެންދާނޭ ގޮތަށް ކަމަށެވެ
05 Jun 2026
ދިވެހި ހާޖިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ
ދިވެހި ހައްޖުވެރީން މާލެ އަންނާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ޙައްޖުވެރީންގެ ދެވަނަ ގުރޫޕް އަންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް އަންނާނެ އެވެ.
05 Jun 2026
ކުރީގެ އަނބިމީހާ ވިއްކާލާނެ ކަަމަށް ބުނެ އިންޒާރުދިން މައްސަލައެއް: ތުހުމަތުގައި ބުރަދަނެއް ނެތް
ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
05 Jun 2026
ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި
މީކާއީލް އިންތިހާބު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.
05 Jun 2026
އައްޑޫ ސިޓީގެ ހުރިހާ އުމްރާނީ ތަރައްޤީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށާ، އިތުރު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.