ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ވާހަކަދައްކަވަނީ/ ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
03 Mar 2023 | 09:53
50000 އާއިލާއަށް ބޯހިޔާވަހިކަން ދެވެން އޮތްވާ އެންމެ 4000 ގޯތި ދޫކުރަންވީ ސަބަބެއް ނެތް: މޭޔަރު

ފަސޭހަކަމާއެކު ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި ތިބި 50000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮއްވާ އެންމެ 4000 ގޯތި ދޫކުރަން ޖެހޭ ސަބަބެއް ނެތްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މޭޔަރު މިފަދައިން ވިދާޅުވެފައިވަނީ މާލޭ ސިޓީ ކައުންސިލުން ބޭއްވި މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. 

މޭޔަރު ވިދާޅުވީ ބީހިޔާވަހިކަމުގެ ދަތިކަމަކީ މާލޭ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވާ މައްސަލައެއް ކަމަށެވެ. އެހެން ރަށްރަށުގެ ރައްޔިތުންނެކޭ އެއްގޮތަށް މާލޭ ރައްޔިތުންނަށް ވެސް ގެވަޅު ލިބެން ޖެހޭކަމަށާއި، އެކަން ފަސޭހަކަމާއެކު ކުރެވެން އޮތްކަން ފާހަގަކުރެއްވި އެވެ. 

އެގޮތުން މާލޭ ސަރަހައްދުން ފަސޭހަކަމާއެކު 50000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިދާނެކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި އެކަން ކުރައްވާނެ ގޮތުގެ ޕްލޭނަށްވެސް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ. 

"މި އަދު ވެސް އެ ހައްލު އަޅުގަނޑުމެން އަތުގައި މި އޮތީ. އެއީ ގުޅިފަޅުން 280 ހެކްޓަރުގެ ބިން ހިއްކުން. ފުށިދިއްގަރު ފަޅުން 900 ހެކްޓަރުގެ ބިން ހިއްކުން. އަދި ގިރާވަރު ފަޅުން 200 ހެކްޓަރުގެ ބިން ހިއްކުން. އޭރުން ޖުމުލަ އެވީ 1380 ހެކްޓަރުގެ ބިން. މި ބިންތައް ހިއްކައި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް ދޭންވީ، ގޯތި ބޭނުންވާ މީހުންނަށް ގޯތި ފްލެޓު ބޭނުންވާ މީހުންނަށް ފްލެޓު ދޭންވީ. މާލެ ސިޓީގައި ގެދޮރުގެ ދަތިކަން ފޯރާފައިވާ 50000 އާއިލާއަށް މި ނިސްބަތުގެ ބިމުން ގޯއްޗާއި ފުލެޓުދީ ދިގު މުއްދަތަކަށް މައްސަލައަށް ހައްލު ހޯދައިދެވޭނެ" 

މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު 

މޭޔަރު ވިދާޅުވީ އެ ތަންތަނުން ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި، އަދި ފްލެޓު ބޭނުންވާ ފަރާތްތަކަށް ފްލެޓުތައް ފޯރުކޮށްދިނުމަށްފަހު، ރައްޔިތުންނަށް ބުރަކަމެއް ނާންނާނެ ލުއި އަގުގައި ހައުސިން ލޯނު ސްކީމުތައް ަރުކަޒީ ބޭންކުން ރެގިޔުލޭޓް ކޮށްގެން ބޭންކްތަކުން ލިބޭނޭ ގޮތް ހަމަޖައްސައި، ހައުސިންގ ސަބްސިޑީ ސްކީމެއް ތަޢާރަފް ކުރުމުން އެ ކޮށާ ދެވެނީ ރައްޔިތުންނަށް އުފާވެރި ކަމާއެކު ދިރިއުޅެވޭނެ މަގެއް ކަމަށެވެ. 

މޭޔަރު ވިދާޅުވިގޮތުގައި، މާލެ ރައްޔިތުންނަށް ހައްގުވަނީ އެންމެ 4000 ގޯއްޗެއް ނޫނެވެ. މި ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ އޮތް މިންވަރާއި އަޅާ ބަލާއިރު 4000 ގޯއްޗަކީ ފުދޭ މިންވަރެއް ނޫންކަމަށް މޭޔަރު އިޝާރާތް ކުރެއްވި އެވެ. އަދި ވިދާޅުވީ 50000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮތް ކަމެއްގައި އެންމެ 4000 ގޯތި ދޫކުރަން ޖެހޭ ސަބަބެއްވެސް ނެތް ކަމަށެވެ. 

"މިހާ ފަސޭހައިން މިކަންކަން ކޮށްދެވެން އޮއްވައި މާލޭ ސަރަހައްދުން އެތައް ހާސް އަކަފޫޓުގެ ބިން ދިވެހީން ނޫން ބަޔަކަށް ދެވޭ ނަމަ އެއީ ވިސްނާލަން ޖެހޭކަމެއް. އޭގެ ނިކަމެތިކަން ދިވެހި ރައްޔިތުން އުފުލަން ޖެހޭނެ. މާލެ ސިޓީގެ ރައްޔިތުންގެ 50000 އާއިލާއަށް ގެދޮރުވެރިކަން ދެވެން އޮއްވައި އެންމެ 4000 ގޯތި ދޭން ނިންމަން ޖެހޭ ސަބަބެއް ނެތް"

މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު 

މޭޔަރު އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ފަސޭހަކަމާއެކު ހައްލު ގެނެވިދާނެ ކަމަށެވެ. އެހެން ނަމަވެސް މާލެ ސިޓީގެ ރައްޔިތުންނަށް އެފަދަ ތަނަވަސް ދިރިއުޅުމެއް ހޯދައިދޭން ކައުންސިލުން މިހާތަނަށް ކުރި އެއްވެސް މަސައްކަތަކަށް ސަރުކާރުން އިޖާބަދީފައި ނުވާކަން މޭޔަރު ފާހަގަކުރެއްވި އެވެ. 

އެއާއެކު މޭޔަރު ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހުރި ބިންތަން ބޭރު ފަރާތްތަކަށް ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެންވެސް ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެފަދަ ނިންމުންތައް ނިންމާއިރު، މާލޭ ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރުމަކީ އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއްކަމަށް މޭޔަރު ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.