ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒުު ވާހަކަދައްކަވަނީ/ ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
03 Mar 2023 | 10:26
އަމީނީ މަގުގައި 6 މަސް ދުވަހުން ތާރު އެޅުނީ މުސައްލައެއްހާ ތަންކޮޅެއްގައި: ޑރ. މުއިއްޒު

މާލޭ ސިޓީ ކައުންސިލުގެ އަތުން އަތުލުމަށްފަހު ތިން ގުނަ އަގު ބޮޑުކޮށް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްގެން އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުންދާ ގޮތަށް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ. 

މާލޭ ސިޓީ ކައުންސިލުން ބޭއްވި މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކުގެ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ދިރާސާއެއް މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ކަމަށެވެ. 

އެ ގޮތުން އަމީނީ މަގުގެ ތާރު އަޅައި ޒަމާނީ ދިއްލުންތަކުން މަގު ދިއްލައި މާމެލާ މެއްޔާއި ގަސްގަހާގެހިން މަގުގެ ދެ ފަރާތް ޒީނަތްތެރިކުރުން 39 މިލިޔަނަށް ހަމަޖައްސާފައި އޮއްވާ އެ މަސައްކަތް ކުރިޔަ ނުދީ 9 މަސް ދުވަސް ސަރުކާރުން ހިފަހައްޓުވާލިކަމަށް މޭޔަރު ވިދާޅުވި އެވެ.

އެފަހުން އެ މަގު ހެދުން 84 މިލިއަން ރުފިޔާއަށް އާރުޑީސީއަށް ހަވާލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތް އެމީހުންނާއި ހަވާލު ކުރީ 7 މަހުން ނިންމުމަށްކަން މޭޔަރު ފާހަގަކުރެއްވި އެވެ. 

މިހާރު އެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، 6 މަސް ތެރޭ އާރުޑީސީއަށް ނިންމާލެވުނީ ކުޑަ ތަންކޮޅެއްކަމަށް މޭޔަރު ވިދާޅުވި އެވެ. 

" 7 މަސް ދުވަހު ތެރޭ ނިންމަން ބުނި މަސައްކަތަށް 6 މަސް ވީ އިރު އަދި ތާރު އެޅިފައި އޮތީ، މުސައްލައެއްހައި ތަންކޮޅެއްގައި"

މާލޭ ސިޓީ މޭޔަރު ޑރ މުހައްމަދު މުއިއްޒު 

މޭޔަރު ވިދާޅުވީ އާރުޑީސީއާއި ހަވާލުކޮށްފައިވާ ގޮތުން، އަމީނީ މަގުގައި ބާކީ 10 ޕަސެންޓުގައި ތާރު އެޅުމުން އެ މަސައްކަތް ނިމޭނެ ކަމަށެވެ. 

އެހެން ނަމަވެސް، މާލޭ ސިޓީ ކައުންސިލުން އޭރު ޕްލޭން ކޮށްފައި އޮތީ އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑު 16 މަގެއްގައި ތާރު އަޅައި 90 މަގުގައި އަލުން ގާ އަތުރައި ޒަމާނީ ފެންވަރަށް ޒީނަތްތެރި ކުރުމަށް ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ނުހުއްޓުވި ނަމަ، ސިނަމާލެ ބްރިޖުގެ މަސައްކަތް ނިންމާލެވުނު ގޮތަށް އެ މަސައްކަތްވެސް އޮންނާނީ ނިމިފައިކަން ފާހަގަކުރެއްވި އެވެ.

މޭޔަރު ވިދާޅުވީ އަމީނީ މަގުގައި ތާރު އަޅާ ގޮތަށް ކުރީމާ ފަހުން އެކަން ވާނީ ބޮޑު މުސީބާތަކަށްކަމަށެވެ. އެގޮތަށް ކަންކަން ކުރުމުން ރައްޔިތުންގެ ފައިސާއިން އިސްރާފުވެ، މަސްލަޙަތުވެސް ގެއްލިގެންދާކަން މޭޔަރުގެ ވާހަކައިގައި ވަނީ ވިދާޅުވެފަ އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.