ރަށެއްގެ ގޮނޑުދޮށް--ފޮޓޯ: އައިޔޫސީއެން
ހަބަރު
04 Mar 2023 | 15:55
ވޭތުވެދިޔަ ޖެނުއަރީމަހު ގްރީން ފަންޑުން 74.8 މިލިއަން ރުފިޔާގެ ޙަރަދު

ވޭތުވެދިޔަ ޖެނުއަރީ މަހު 47 މަޝްރޫއަކަށް 74.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާފިއެވެ.

އެގޮތުން މި ތަފާސްހިސާބުތަކުން ވޭތުވެދިޔަ ޖެނުއަރީމަހު ގްރީން ފަންޑްގެ ގޮތުގައި 100.8 މިލިއަން ލިބިފައިވާ ކަމަށް ދައްކާފައިވެއެވެ.

މީގެ ތެރޭގައި ރިސޯޓް، ހޮޓެލް އަދި ގެސްޓްހައުސްތަކުން 98.9 މިލިއަން ރުފިޔާއާއި، ސަފާރީތަކުން ލިބިފައިވާ 1.8 މިލިއަން ރުފިޔާގެ އިތުރުން ހޯމްސްޓޭ ފެސިލިޓީތަކުން ލިިބިފައިވާ 2113.62 ރުފިޔާ ހިމެނެއެވެ.

ރިސޯޓް، ހޮޓެލް އަދި ގެސްޓްހައުސްގެ ގްރީން ފަނޑްގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ ކ.އަތޮޅުން 37 މިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނައިން ލިބިފައިވަނީ ދ. އަތޮޅުން 11.9 މިލިއަން ރުފިޔާއެވެ.

ގްރީން ފަންޑުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން ޖެނުއަރީމަހު ޚަރަދު ކޮށްފައިވަނީ 47 މަޝްރޫއަކަށް 74.8 މިލިއަން ރުފިިޔާއެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

އެގޮތުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ 5 ރަށަކަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއަށް 10.2 މިލިއަން ރުފިޔާއެވެ.

ދެެން އެންމެ ގިނައިން ޚަރަދު ކުރެވިފައިވަނީ ތ. ވޭމަންޑޫއަށް ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއަށް 9 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ބ. ކުޑަރިކިލުއަށް 8.7 މިލިއަން ރުފިޔާ އަދި ހދ. ނެއްލައިދޫއަށް 7.2 މިލިއަން ރުފިޔާއެވެ.

ގްރީން ފަންޑަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން ރާއްޖޭގެ ތިމާވެއްޓާއި ގުޅުންހުރި މަސައްކަްތައް ކުރުމަށް މާލީ އެހީ ހޯދުމަށް ނަގަމުން އަންނަ ޓެކްސްއެކެވެ.

ކޮމެންޓް
ޢަހަންމާ
ކޮންތާކަށް ކީއްތަކުރީ
05 Mar 2023
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.