ޑރ މުނައްވަރު ނޫސްވެރިންނަށް ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: މި ނޫސް
ހަބަރު
05 Mar 2023 | 12:38
ރިޔާސީ ރޭހަށް ޑރ. މުނައްވަރު ނިކުންނަވަނީ

ކުރީގެ ބަންޑާރަނައިބު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު އަންނަ ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމާފިއެވެ.

އެގޮތުން މިކަން މިއަދު އިއުލާންކޮށް ޑރ. މުނައްވަރު ވަނީ ކެންޕެއިން މަރުކަޒެއް މާލޭގައި ހުޅުވާފައެވެ.

ޑރ. މުނައްވަރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 10 އަހަރުގެ މުއްދަކަށް ބަންޑާރަނައިބުގެ މަގާމް އަދާ ކުރައްވާފައެވެ.

2008 ވަނަ އަހަރު ޑރ. މުނައްވަރު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައެވެ. ނަމަވެސް ޕްރައިމަރީއިން ނާކާމިޔާބުވެ، ދުވަސްކޮޅެއްފަހުން އެޕާޓީއަށް ފާޑުކިޔާ ޕާޓީއިން ވަނީ ވަކި ވެފައެވެ.

މިއަށްފަހު ޑރ. މުނައްވަރު ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންފައެވެ. ނަމަވެސް މި ޕާޓީވެސް ދޫކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމެޓްގެ ނަމުގައި ޑރ.މުނައްވަރު ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދާފައެވެ. އެހެންނަމަވެސް ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ވަނީ އުވާލާފައެވެ.

މީގެ ފަހުން މިދިޔަ އަހަރުގެ ފަހު ކޮޅާ ހަމައަށް ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރި ވަޑައިނުގެން ނަމަވެސް އެއަށްފަހު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަން ފައްޓަވާފައެވެ.

އަދި ދާދި ފަހުން އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެކު އެމަނިކުފާނަށް ކެންޕެއިން ކޮށްދެއްވުމުގައިވެސް މުނައްވަރު ބައިވެރިވެ ވަޑައިގެންނެވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.