30 Apr 2025
އަޅުގަނޑުނަށް ނުފޫޒެއް ފޯރުވާ ނަމަ އިސްތިއުފާ ދޭނަން
އޭޕްރިލްމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ހައްވާ ޔުމްނު ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބެލުމަށް އުފެއްދި ހާއްސަ ކޮމިޝަންގެ މެންބަރުންގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުގެ ރައީސް ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ދެއްވައިފިއެވެ.