ކުރީގެ 3 ބަންޑާރަނައިބުން/ ފޮޓޯ: ދި ޕްރެސް
ހަބަރު
24 May 2023 | 21:52
ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި ކުރީގެ 3 ބަންޑާރަނައިބުންގެ ސިޓީއެއް ބާ ކައުންސިލަށް!

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި ކުރީގެ 3 ބަންޑާރަ ނައިބުންގެ ސިޓީއެއް ބާ ކައުންސިލަށް ފޮނުއްވައިފި އެވެ. 

ކުރީގެ ތިން ބަންޑަރަ ނައިބުންކަމަށްވާ ޑރ. މުހައްމަދު މުނައްވަރާ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރުގެ އިތުރުން އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު ސޮއި ކުރައްވާ ބާ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ނިންމާފައިވާ ގޮތް ދިރާސާކޮށް، ރައުޔެއް ނެރުމަށް ރާއްޖޭގެ ބާ ކައުންސިލުން ގެންގުޅުއްވާ ވިސްނުން ދޫކޮށްލުމަށް އިލްތިމާސްކޮށްފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު އެތިން ބޭފުޅުން ފޮނޮއްވި ސިޓީގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ޗާގޯސް ޖަޒީރާތަކުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުކަމަށް ބުނާ ސަރަޙައްދު، ފުށުއަރާކަމަށްބުނެ އެފުށުއަރާ ސަރަޙައްދު ހަމަހަމަޔަށް ބެހުމަށް މޮރިޝަސްއިން ދިވެހިރާއްޖޭގެ މައްޗަށް 'ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ' (UNCLOS) ގެ ދަށުން އުފައްދާފައިވާ 'އިންޓަރނޭޝަނަލް ޓްރައިބިޔުނަލް އޮން ދަ ލޯ އޮފް ދަ ސީ' (ITLOS) އަށް ހުށަހެޅި މައްސަލައިގައި، ޤާނޫނުން ކަނޑައަޅާފައިވާ އަދި ދިވެހި މަސްވެރިން ޒަމާނުއްސުރެ ބޭނުންކުރަމުންއައި 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން 45,331 (ސާޅީސްފަސްހާސް ތިންސަތޭކަ އެއްތިރީސް) އަކަކިލޯމީޓަރު ޤާނޫނީ އިންތިޒާމްތަކާ ޚިލާފަށް ދޫކޮށްލާފައިވާ މައްސަލައިގައި ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު މިހާރު ޚުޞޫމަތެއް އުފެދިފައިވާ ކަމަށެވެ.

މިމައްސަލައިގައި، ދިވެހިރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓިތަކުގެ ލީޑަރުންނާއި ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ދިފާޢީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ޤާނޫނީ ފަންނުގެ ބޭފުޅުންނާއި ދީނީ ޢިލްމުވެރިންނާއި މަދަނީ ޖަމިއްޔާތަކާއި އަދި ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކޮށް، މިނިންމެވުން ބަދަލުކުރެއްވުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އަދި މިހާރު މިމައްސަލަވަނީ ޤައުމީ ފެންވަރުގައި ކަންބޮޑުވުން އޮތް މައްސަލައަކަށްވެފައި ކަމަށެވެ.

ޚާއްޞަގޮތެއްގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދަކީ 1969 އިން ފެށިގެން ޤާނޫނަކުން ކަނޑައެޅިފައިއޮތް ސަރަޙައްދަކަށްވެފައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ 1976 އިން ފެށިގެން ރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށްވާއިރު، އެއްވެސް އިޢުތިރާޟެއްކުރުމާނުލައި ޤާނޫނުން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ދޫކޮށްލިދޫކޮށްލުމާއި އަދި ބައިނަލްއަޤްވާމީ ކޯޓެއްގައި ދިވެހިރާއްޖެއާ ދެކޮޅަށް މައްސަލައެއް ހިނގަމުންދަނިކޮށް އެމައްސަލައިގައި ހިމެނޭ ޚުޞޫމަތުގެ ނުކުތާއެއްގައި ދިވެހިރާއްޖެއިން ނަގާފައިވާ ސްޓޭންޑަކާ ސީދާ ޚިލާފަށް ދައުލަތުގެ ސިޔާސަތު ބަދަލުކޮށް، މައްސަލައިގައި ދަޢްވާކުރާ ޤައުމުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވިފޮނުއްވުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށާއި ބަންޑާރަނައިބަށް ލިބިދީފައިވާ ބާރުތަކުގެ ދާއިރާގެ ބޭރުން ހިންގާފައިވާ ޢަމަލުތަކެއް ކަމަށެކެވެ. އަދި މިމައްސަލަތަކުގައި ހިމެނޭ އިސްވެރިން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ޖަވާބުދާރީކުރުވުމުގެ މަސައްކަތް މިހާރު ރައްޔިތުންގެ މަޖިލީހުން ގެންދަވަނީ ކުރައްވަމުން ކަމަށެވެ.

މިކަންކަން މިހެން ހިނގަނމުންދަނިކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ، އެކައުންސިލުގެ ރައީސްއާއި އަދި އެހެން ބައެއް މެންބަރުން މިމައްސަލައިގައި ސަރުކާރު ދިފާޢުކުރައްވައި ޓްވީޓްކުރައްވައި، ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އެހެންކަމާއެކު، ކަންކަން އިސްފަސްވުމުގެ ސަބަބުންނާއި ނިޔަތާމެދު ސުވާލު އުފެދޭ ޙާލަތު މަތިވެއޮތުމުން މިމައްސަލައިގައި ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) 7 ވަނަ މާއްދާގެ (ޑ) އިން ތަޞައްވުރުކުރާފަދަ ފަންނީ ދިރާސާއެއް ކޮށް އެދިރާސާގެ މައްޗަށް ރަޢުޔެއް ހާމަކުރުމުގެ ފުރުޞަތު އެގްޒެކެޓިވް ކޮމިޓީއަށް މިހާރު ގެއްލިއްޖެކަމަށް ފާހަގަކުރެވޭ ކަމަށް ވެސް އެސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޤާނޫނު ހަމަޖެހިފައިވާ ގޮތުން ބަންޑާރަނައިބަކީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކަށްވާހިނދު މިމައްސަލައާގުޅިގެން ބަންޑާރަނައިބު ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ވަގުތެއްގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މިމައްސަލައިގައި ރަޢުޔެއް ނެރުމަކީ މަޞްލަޙަތުގެ ފުށުއެރުން މެދުވެރިވާކަމެއް ކަމަށެވެ. އަދި މިބަޔާންކުރެވުނު ކަންކަމަށް ބަލާއިރު މިއީ ބާ ކައުންސިލުން އެކަށައަޅާފައިވާ އުސޫލު ނަންބަރު 2022/G-41 (މަޞްލަޙަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން ފަރުވާދެވޭނޭ ޙާލަތެއްކަމަށް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

"އެގޮތުން ބަންޑާރަނައިބުގެ އަމިއްލަ މަޞްލަޙަތު ޝާމިލްވާކަމެއްގައި ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންނަށް ނިސްބަތްވާގޮތަށް ބާ ކައުންސިލު ބޭނުންކުރެވިގެންދިޔުމަކީ ސިޔާސީ މައިދާނުގައި ހިނގާ ކަންކަމުގެ ތެރެއަށް ބާ ކައުންސިލު ވެއްދުންކަމަށާއި، މިއީ ޅަފަތުގައި އޮތް މުއައްސަސާއެއްގެ މުސްތަޤްބަލު ހަލާކުވެދާނޭފަދަ ކަމެއްކަމުގައި އަޅުގަނޑުމެންގެ ދެކެމެވެ." 

3 ބަންޑާރަނައިބުންގެ ސިޓީގައި ހުރި ބައެއް ވާހަކަ 

ހަމައެއާއެކު، ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ޤާނޫނީ ވަކީލުންނަކީ ބާ ކައުންސިލުގެ މެންބަރުންކަމުގައިވާއިރު، އިސްވެ ބަޔާންކޮށްފައިވާ ޙާލަތުގައި މިފަދަ ބޮޑު ދުސްތޫރީ، ޤާނޫނީ އަދި ފަންނީ މައްސަލައެއްގައި މުޅި ދިވެހި ބާ ކައުންސިލުގެ ރަޢުޔުކަމަށް ދޭހަކުރެވިދާނެފަދަގޮތަކަށް ރަޢުޔެއް އެކުލަވާލުމުގެ ޤާނޫނީ ބާރު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އޮންނާނޭކަމީ ޗެލެންޖްކުރެވޭނޭ ކަމަކަށްވާހިނދު، މިމައްސަލައިގައި ބާ ކައުންސިލުގެ ރަޢުޔެއް ހާމަކުރެއްވުމުގެ ވިސްނުންފުޅު ދޫކޮށްލެއްވުމަށް ބާ ކައުންސިލުގައި ހިމެނޭ މެންބަރުންގެ ހައިސިއްޔަތުން އެ ތިންބޭފުޅުން ވަނީ އިލްތިމާސްކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގާ މިފަދަ މައްސަލަތަކުގައި ޤާނޫނީ ވަކީލުން ސިޔާސީ ނުކުރެއްވުމަށާއި ޤާނޫނީ ފަންނަކީ ޕްރޮފެޝަނަލް މިންގަނޑުން މުޅި ރާއްޖެއަށް ޚިދުމަތްދޭ ބައެއްގެގޮތުގައި ތިބޭތިބުން ބަދަލުނުކުރެއްވުމަށްވެސް ބާ ކައުންސިލުގެ ރައީސްއަށާއި ނާއިބުރައީސްއަށް އިލްތިމާސްކުރައްވާކަމަށް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ފައްލަންބޭ
ނަިބު ރައީސުންނާއި ބަންޑާރަ ނައިބުންނާއި ހުރި ތަފާތަކީ ކޮބައިތޯ؟
25 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް