ކަނޑު ވިއްކާލުމާއި ދެކޮޅު ޕެޓިޝަނުގައި ޑރ މުނައްވަރު ސޮއި ކުރައްވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
15 May 2023 | 08:22
ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ނުހޯދޭނެކަމަށް ބުނުމަކީ އޮޅުވާލުމެއް: ޑރ މުނައްވަރު

ޗާގޯސްއާއި ދިވެހިރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލަ ނިމިގެން ދިޔަގޮތް ބަދަލުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިގެން ދިޔަ ބައި ދެން އަނބުރާ ހޯދޭނެ ގޮތެއް ނޯންނާނެކަމަށް ބުނެ ސަރުކާރުން ވާހަކަދައްކަމުން ދަނީ އޮޅުވާލުމަށް ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ. 

ފޯޅަވަހި މައްސަލައިގައި ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޑރ މުނައްވަރު ވިދާޅުވީ ދިވެހިރައްޔިތުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. 

އެ މައްސަލަ ކުރިއަށްދާއިރު ކަނޑުގެ ސަރަހައްދުން ގެއްލުނުބައި ނުހޯދޭނެކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުންދާ ކަމަށާއި، އެއީ އޮޅުވާލުމެއްކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

"މިކަން ކޮށްފަ މި ވިދާޅުވަނީ ދެން ކުރާނެ ކަމެއް ނޯންނާނެއޭ. "ދެން ކުރާނެ ކަމެއް ނޯންނާނެ އޭ" މި އަމާޒު ކުރައްވަނީ ކޮން ބަޔަކަށް ތޯ؟ ދިވެހިރައްޔިތުންނަށް. އެބޭފުޅުން އެ ވިދާޅުވަނީ ކިތަންމެ ވަރަކަށް ހަޅޭލެވިޔަސް ކުރާނެކަމެއް ނޯންނާނެއޭ. އެއީ އޮޅުމެއް. ކުރާނެކަންތައްވެސް އޮންނާނެ. ކުރެވޭނެ ކަންތައް ވެސް އޮންނާނެ"

ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު 

ޑރ މުނައްވަރު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލީ ނޭނގިގެން ނޫން ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރުމަށް އެދި ދަންނަވަމުން ދިޔަ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އޭރު އެމަނިކުފާނަށް ޖެއްސުންކުރަމުން ގޮސްފައިވާކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެ މައްސަލަ ކޯޓުގައި ކުރިއަށް ދިޔައިރުވެސް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވިފައި ނުވާކަން ހާމަކަން ބޮޑުގޮތެއްގައި ފެންނަން އޮތްކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ އިހުމާލުންކަމަށް ދަންނަވަން ޖެހެނީ އެފަދަ އެތައް ސަބަބެއް ހުރުމުންކަން ފާހަގަކުރައްވާ ޑރ މުނައްވަރު ވިދާޅުވީ، އެކަން އެގޮތަށް ކުރުމަށްފަހު ދެން ކުރެވޭނެ ކަމެއް ނެތްކަމަށް ބުނުމަކީވެސް ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށެވެ. 

ދައުލަތުން ބޭނުންނަމަ އަދިވެސް ދައުލަތުގެ ފަރާތުން އެކަން ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށާއި، އެހެން ނަމަވެސް ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއްކަމަށް ޤަބޫލުކުރާއިރު، ސަރުކާރުން އެ މައްސަލަ އިސްތިއުނާފު ނުކުރާނެކަން ޔަގީންކުރެވޭކަމަށް ޑރ މުނައްވަރު ވަނީ މީގެ ކުރިންވެސް ވިދާޅުވެފަ އެވެ. 

އެހެން ނަމަވެސް އެ މައްސަލައިގައި ގުޅިފައިވާ އިއްތިހާދުން މަސައްކަތް ކުރާނެ ކަމަށާއި، އަދި އެ މައްސަލައިގައި އިހުމާލުވާ ފަރާތްތައް ޒިންމާކުރުމުގެ މަސައްކަތްވެސް އެކުއެކީގައި ކުރައްވާނެކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ