ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
30 Apr 2025 | 14:45
ޔުމްނު ވެއްޓުނު މައްސަލައާ ގުޅޭ އަދާހަމަ އާއި މައުލޫމާތު ހިއްސާ ކުރުމަށް ޚާއްސަ ޕޯޓަލެއް ޤާއިމް ކުރަނީ

އޭޕްރިލްމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ހައްވާ ޔުމްނު ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ އާއި ގުޅޭ ފަހުގެ އަދާހަމަ ފޯރުކޮށްދީ، މައްސަލައާއި ގުޅުންހުރި ސުވާލު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ޚާއްސަ ޕޯޓަލެއް ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އެ މައްސަލަ ދިރާސާ ކުރުމަށް އުފައްދާފައިވާ ކޮމިޝަނުގެ ރައީސް ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޔުމްނު ވެއްޓުނު މައްސަލަ އާއި ގުޅިގެން އުފެއްދި ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ، އެ މައްސަލަ އަކީ ވަރަށް ޚައްޞާސް މައްސަލަ އަކަށް ވުމުން މައްސަލައާއި ގުޅޭ މައުލޫމާތު އާއްމުންނަށް ހިއްސާ ކުރެވޭނެ ގޮތާއި ގުޅޭ ގޮތުން ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، މައްސަލައާއި ގުޅޭ މައުލޫމާތު ހުރި، ރައްޔިތުންނަށްވެސް އެ މައުލޫމާތު ދެވޭނެ ޕޯޓަލްއެއް ޤާއިމް ކުރުމަށް ނިންމާފައިވާކަން މުނައްވަރު ހާމަކުރައްވާފައިވެއެވެ.

އެހެންވީމާ ޕޯޓަލް އެއް ތައްޔާރު ކުރެވުނީމާ، އެ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދެވޭނެ. ސުވާލުވެސް ކުރެވޭނެ. އަދި ސުވާލު ކުރެވުނީމަ، އޭގައި ހުންނަ އާއްމު ސުވާލުތަކަށް އަޅުގަނޑުމެން ޖަވާބު ދެމުން، އަދި، އިންޑިވިޖުއަލް ބޭފުޅުން ކުރާ ސުވާލު ތަކަށްވެސް ޖަވާބު ދެމުން، އަޅުގަނޑުމެން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ފެންނަ ގޮތަށް ގެންދާނީ. 

ޑރ މުޙައްމަދު މުނައްވަރު

ކަންމިހެން ހުރި ނަމަވެސް، އެ މައްސަލާގައި، ޖިނާޢީ ކުށެއް ކުރެވުނު ކަމުގެ ތުހުމަތާއި ގުޅޭ ތަހުގީގެއް ކަމަށް ވާތީ، އެ ތަހުގީގު ފުރިހަމަވުމުން ހާމަކުރެވޭނެ ބައެއް ކަންކަންވެސް ހުންނާނެ ކަން މުނައްވަރު ފާހަގަކުރެއްވިއެވެ.

އެނޫން އެހެން ހުރިހާ މަސައްކަތަކާއި ގުޅޭ މައުލޫމާތުތައް ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. 

ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކުރުމަށާ، އެ ހާދިސާގެ ހަގީގަޔް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި ކޮމިޝަންގައި ޖުމްލަ ފަސް މެންބަރުން ހިމެނެއެވެ. 

އެއީ؛ 

ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ރައީސް)

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން

ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641

ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ

އާމިނަތު އީނާސް، ހ. ހަބަރުގެ

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.