ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު އަހުމަދު މުނައްވަރު-- ފޮޓޯ: އަވަސް
ހަބަރު
25 Jan 2024 | 20:30
ކަނޑުން ގެއްލުނު ބައި ހޯދުމަށް ޑރ.މުނައްވަރާއި ބޭރުގެ ވަކީލުންގެ ޓީމެއް އެކުލަވާލައިފި

ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް ނުވަތަ ޓްރައިބިއުނަލް) ނިންމާފައިވާ ނިންމުމާ ގުޅިގެން، ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާއި ބެހޭގޮތުން ދިރާސާ ކޮށް އެކަނޑުން ހޯދެން އޮތް ބައެއް ހޯދުމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި ރާއްޖެއިން ބޭރުގެ ވަކީލުންގެ ޓީމެއް ސަރުކާރުން އެކުލަވާލައިފި އެވެ.

މިއަދު އެޓާނީ ޖެނެރަލް (އޭޖީ) އިން ނެރުނު ބަޔާނުގައި ބުނީ  ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ މައްސަލާގައި އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ރާއްޖޭގެ ދެކުނު ސަރަހައްދުން ކަނޑުގެ ބޮޑު ބައެއް ގެއްލިފައިވާތީ އެ މައްސަލަ ދިރާސާކޮށް ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

މިގޮތުން މި މައްސަލަ ދިރާސާކުރުމަށް ދިވެހި ސަރުކާރުން ޓީމެއް އެކުލަވާލާފައިވާ ކަމަށާއި، މި ޓީމްގައި ޑރ. މުނައްވަރުގެ އިތުރުން ހިމެނެނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ކަމަށެވެ. މި ދެ ބޭފުޅުންނަކީވެސް ކަނޑާބެހޭ މުއާހަދާއާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ޤާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިޞިއްޔަތުން އައްޔަނުކުރައްވާފައިވާ ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރަކީ 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބަންޑާރަނައިބުކަން ކުރައްވާފައިވާ ދިވެހިރާއްޖޭގައި ޤާނޫނީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެއްގެ އިތުރުން، ބައިނަލްއަޤްވާމީ ގާނޫނުތަކާއި، ކަނޑުތަކާބެހޭ ޤާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ޙާޞިލްކުރައްވާ، އަދި ޙާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ދިރާސާތައް ކުރައްވާފައިވާ ޤާނޫނީ މާހިރެއް ކަމަށް އޭޖީ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް އޭޖީ އޮފީހުން ވަނީ އެބޭފުޅާ ކޮށްދެއްވާފައިވާ އަގުހުރި ކަންކަން ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައި އިޓްލޮސް ގައި ކުރިޔަށްދިޔަ މައްސަލާގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތާބެހޭ ގޮތުންނާއި، އެ މައްސަލާގައި އޭރުގެ ސަރުކާރުން ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ މަސްލަޙަތު ހިމާޔަތްކުރެވޭ ފަދައަކުން ނޫންކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި އެންމެ މުޙިއްމު ދައުރެއް އަދާކޮށްދެއްވާފައިވާ އެއް ބޭފުޅަކީވެސް ޑރ މުޙައްމަދު މުނައްވަރުކަން ފާހަގަކޮށްލެވެއެވެ.

މިހާރު ބަންޑާރަނައިބު ކަން ކުރައްވާ އަހްމަދު އުޝާމް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ނިންމަވައި، އެ މަސައްކަތް ކޮށްދެއްވުމަށް ޑރ. މުނައްވަރު އެއްބަސްވެވަޑައިގެން މިހާރު އެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.

އެކުލަވާލެވިފައިވާ މި ޓީމް ގެ މަސައްކަތަކީ މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަމާއި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާޢުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް ޢަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުޞަތު އޮތްތޯ ބެލުމެވެ. މީގެއިތުރުން މި މައްސަލައިގައި ދެން ޢަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާގުޅޭ ޤާނޫނީ ލަފައެއް ހޯދުމަކީ ވެސް އެބޭފުޅުން ކުރައްވާނެ މަސައްކަތްތަކެވެ.

މި މައްސަލައިގައި އެބޭފުޅުންގެ ގާނޫނީ ލަފާ ކުރިއަށް އޮތް ފެބްރުއަރީ މަހު ބަންޑާރަ ނައިބަށް އެރުވުމަށް ހަމަޖެހިފައިވާއިރު އެ ކޮމިޓިން ހުށައަޅާ ރިޕޯޓްގެ މައްޗަށް މި މައްސަލާގައި ކުރިޔަށްދާންވީ ގޮތް ނިންމެވުމަށް މި މައްސަލަ ކެބިނެޓްއަށް ހުށަހެޅުމަށް ބަންޑާރަނައިބުވަނީ ނިންމަވާފައެވެ. އަދި ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މި ސަރުކާރުގެ ފުރަތަމަ ހަފްތާ 14 ގެ ތެރޭގައި މި މައްސަލަ ކެބިނެޓަށް ހުށައަޅާ ގޮތެއް ނިންމޭނެ ކަމުގެ ޔަގީންކަން ވެސް އޭޖީން ވަނީ ދީފައެވެ.

މި މަސައްކަތް ކުރުމަށް ބަންޑާރަނައިބު ޢައްޔަނުކުރައްވާފައިވާ ކޮމިޓީގެ ރިޕޯޓްގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން، މި މައްސަލައިގައި ކެބިނެޓުން ގޮތެއް ނިންމެވުމާއެކު މި މައްސަލައިގައި ޢައްޔަނުކުރެވިފައިވާ ޚަބީރުން ދެއްވާފައިވާ ލަފާ ހިމެނޭގޮތުން، މި މައްސަލަ ދިރާސާކުރުމަށް ޢައްޔަނުކުރެވިފައިވާ ކޮމިޓީގެ ރިޕޯޓް އާންމުކުރުމަށް ބަންޑާރަނައިބުވަނީ ނިންމަވާފައެވެ. އަދި  ރިޕޯޓް ޢާންމުކުރެވޭއިރު، މިރިޕޯޓުގައި މި މަސައްކަތަށް ޢައްޔަންކޮށްފައިވާ ޤާނޫނީ މާހިރުންނާ ގުޅޭ މަޢުލޫމާތުތަކާއި މި މަސައްކަތަށް ޚަރަދުވި ފައިސާ ފަދަ މަޢުލޫމާތުތައް ހާމަކުރުމަށްވެސް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ފުންފަޅުގޭގައި ރޯވުން: ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެނީ، ތުއްތު ކުއްޖަކު ހިމެނޭ
ގަލޮޅު ފުންފަޅު ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
06 Jul 2026
ގަލޮޅު ފުންފަޅު ގޭގައި ރޯވުން: 58 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެނީ
އެންޑީއެމްއޭ އިން ބުނީ މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން 58 މީހަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންދާ ކަމަށެވެ.
06 Jul 2026
ހިޔާގެ ހުރިހާ ޓަވަރެއްގައި ދެ ލިފްޓް ހަރުކޮށް ނިންމައިފި
ހިޔާ ޓަވަރުތަކުގައި އިތުރަށް ހަރުކުރި 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށްވުރެ ގިނައިން ޚަރަދުވި ކަމަށް އެޗްޑީސީން ބުނެ އެވެ.
05 Jul 2026
ގަލޮޅު ފުންފަޅު ގޭގެ ފަންގިފިލައެއްގައި އަލިފާނުގެ ހާދިސާއެއް
05 Jul 2026
ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި ވިޔަފާރި ބޭނުމަށް ކަންކަން ކުރެވޭނެ ގޮތް ހަދަނީ
"ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފަސޭހަކަމާ ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކެއް ތަނަވަސްކޮށްދެވޭތޯ," މުއްތަލިބު ވިދާޅުވި އެވެ.
05 Jul 2026
ފޭކް އިންޖެކްޝަންތަކެއް ދައުރުވާކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިން
"ޑާޒަލެކްސް" ގެ ފޭކް އުފެއްދުންތަކެއް ރާއްޖޭގައި ދައުރުވަމުންދާކަމަށް އެނގިފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ރެންޑަމް އިންސްޕެކްޝަނަކުންނެވެ
05 Jul 2026
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު؛ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފި
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލާ ސައިންސާ ބެހޭ ޤައުމީ މަރުކަޒެވެ.
05 Jul 2026
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މި މަހު ބާއްވަނީ
ފޯރަމް އޮންނާނީ ނިވާ ކުރުމްބާ ގަ އެވެ. ދެ ދުވަހަށް މި ފޯރަމް ކުރިއަށް ދާނީ 29 އަދި 30 ވަނަ ދުވަހު އެވެ.