ޑރ މުހައްމަދު މުނައްވަރު/ ފޮޓޯ: އައްޑޫ ލައިވް
ހަބަރު
07 Aug 2023 | 11:53
ޑރ މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަނުކުރަން ނިންމައިފި

އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެވި ކުރީގެ ބަންޑާރަ ނައިބު ޑރ މުޙައްމަދު މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވާ އެކަން އިއުލާނުކުރައްވައިފި އެވެ. 

ޑރ މުނައްވަރު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ ޤައުމުގެ ހާލަތު އޮތް ގޮތުން ކަމަށާއި، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާކަން އޭރު ޑރ މުނައްވަރު ގެންދެވީ ފާހަގަކުރައްވަމުން ނެވެ. 

އޭގެ އިތުރުން ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ސަރުކާރުގެ އިހުމާލުން ގެއްލިގެން ގޮސްފައިވާކަން ފާހަގަކުރައްވާ ޑރ މުނައްވަރު ގެންދެވީ އަޑުއުފުއްލަވަމުން ނެވެ. އަދި ރާއްޖޭގެ ސަރަހައްދާއި ގުޅޭ މައުލޫމާތުތައް އޭނާ ގެންދެވީ ހިއްސާކުރައްވަމުންނެވެ. 

ޑރ މުނައްވަރު އޭރު ވިދާޅުވަމުން ގެންދެވީ، ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިއުމުގެ ޒިންމާ ސަރުކާރުން ފުރިހަމަޔަށް ނަގަން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށެވެ. 

މިއަދަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފަހު ދުވަސްކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު، ޑރ މުނައްވަރު ކުރި ޓްވީޓެއްގައި ވަނީ ރިޔާސީ އިންތިޚާބަށް ވާދަނުކުރައްވަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. 

އޭނާ އިންތިޚާބުގައި ވާދަނުކުރަން ނިންމެވި ނަމަވެސް އޭނާއަށް ތާއީދުކޮށް އެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

ރިޔާސީ އިންތިޚާބުގައި ވާދަނުކުރަން ނިންމެވި ނަމަވެސް ދެން އިތުރަށް އޭނާ ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް އަދި ހާމަކުރައްވާފަ އެއް ނުވެއެވެ. އަދި ވަކި ޕާޓީއަކާއި ގުޅިވަޑައިގަންނަވާނެ ކަމެއް ވެސް ހާމަކުރައްވާފަ އެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ