ޑރ މުނައްވަރު
ހަބަރު
12 Sep 2023 | 14:52
ލީކްވީ އަސްލު ސިޓީނަމަ, ރަސްމީކޮށް ސިޓީ ރިލީސްކުރުމަށް މުނައްވަރު ގޮވާލައިފި

މޮރިޝަސްގެ ބޮޑު ވަޒީރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ސިޓީކަމަށް ބުނެ ލީކްވި ސިޓީއަކީ އަސްލު ޙަޤީޤަތެއްނަމަ އެ ސިޓީ ރަސްމީ ޕްރޮޓޮކޯލްގެ ތެރެއިން އާއްމު ކުރެއްވުމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު ސަރުކާރަށް ގޮވާލައިފިިއެވެ.

ރައީސް ޞާލިޙް, މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީފުޅު ކަނަށް ބުނާ ސިޓީއެއް އިއްޔެ ވަނީ ލީކްވެފައެވެ. އެ ސިޓީއަކީ ސައްޙަ ސިޓީއެއްކަން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މިއުވާންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެގޮތުން ލީކުވެފައިވާ ސިޓީގައި ލިޔެފައިވާ ވާހަކަފުޅަށް ބަލާއިރު, އެއީ އެހެން ޤައުމެއްގެ ބޮޑު ވަޒީރަކަށް ފޮނުވާ ވަރަށްވުރެ ދަށް ފެންވަރުގެ ސިޓީއެއް ކަމުގައި މުނައްވަރު ވިދާޅުވިއެވެ. އަދި އެއީ ސައްޙަ ސިޓީއެއްނަމަ އެ ސިޓީ ރާއްޖެއިން ފޮނުވުމަކީ ލަދުވެތި ކަމެއް ކަމުގައިވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ. 

އަޅުގަނޑަށް އިނގޭ އެއްޗަކީ ތިއީ ވަރަށް ފެންވަރުދަށްކޮށް ލިޔެފައި އޮތް އެއްޗެއްކަން. ތީގެ ބަހުރުވައާއި, ލިޔެފައި އޮތް ގޮތުން

ޑރ މުނައްވަރު 


މީގެ އިތުރުން މުނައްވަރު ވިދާޅުވީ, ސިޓީގެ މައްސަލައިގައި ނޫސްވެރިންނާ ވަރަށް އަވަހަށް ބައްދަލު ކުރައްވައި އިތުރު ތަފްސީލް ހާމަ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ