ޑރ މުނައްވަރު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
03 Jun 2023 | 11:41
ސަރުކާރަށް މި ޑިމާންޑުކުރަނީ ކަނޑުން ގެއްލުނު ބަޔާއެކު އެކު ފޯޅަވަހި ވެސް ހޯދަން: ޑރ މުނައްވަރު

ސަރުކާރުން ދޫކޮށްލި ދެކުނުގެ ޚާއްސަ އިޤތިޞާދީ ކަނޑުގެ ސަރަހައްދާއި އެކު، ޒަމާނުއްސުރެ ރާއްޖޭގެ ބައެއްގެ ގޮތުގައި ދެކެމުންއައި ފޯޅަވަހި ހޯދުމުގެ މަސައްކަތް ފެށުމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު ގޮވާލައްވައިފި އެވެ. 

ޑރ މުނައްވަރު މިފަދައިން ވިދާޅުވެފައިވަނީ ކަނޑުވިއްކާލުމާއި ދެކޮޅު އިއްތިހާދުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ މުނައްވަރު ވިދާޅުވީ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ ސަރުކާރުގެ އިހުމާލުންކަމުގައި ދެންނެވެން ނެތްކަމަށެވެ. އަދި މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލަ އެ ކޯޓުގައޮ ހިންގައިގަތް ހިސާބުން ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރުމަށް ޚުދު އެމަނިކުފާނު އިސްނަންގަވާ ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އެއްވެސް ވަރަކަށް މަޝްވަރާ ކުރައްވަން ޖެހޭ ފަރާތްތަކާއި މަޝްވަރާކޮށްފައި ނުވާކަމަށެވެ. 

އެފަދަ ބޮޑު މައްސަލައެއްގައި ގޮތް ނިންމާއިރު، ރައްޔިތުންގެ މަޖިލީހާއި މަޝްވަރާކޮށް، ރައްޔިތުންގެ މަންދޫބުންގެ ބަހެއް ހޯދަން ޖެހޭނެކަމަށާއި، މި މައްސަލައިގައި އެފަދަ އެއްވެސް ކަމެއް ސަރުކާރުން ކޮށްފައި ނުވާކަން ޑރ މުނައްވަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން ޑރ މުނައްވަރު ވިދާޅުވީ މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރެއްވި ފަރާތްތައް، ވަކާލާތުކުރެއްވީ ވެސް ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރުމަށް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އެއާއެކު ޑރ މުނައްވަރު ވިދާޅުވީ އިޓްލޮސްގެ އެ ނިންމުމަށްފަހު "ދެން ކުރެވޭނެ ކަމެއް ނެތޭ" ބުނުމަކީ ރައްޔިތުންނަށް އަމާޒުކޮށް ސަރުކާރުން ކުރާ ފުރައްސާރައެއް ކަމަށެވެ. 

ރާއްޖޭގެ ހައްގުގައި އަދިވެސް ކުރެވިދާނެ އެތައް ކަމެއް އެބަހުރި ކަމަށާއި، މިހާރުން މިހާރަށް އެ މަސައްކަތް ފެށުމަށް ސަރުކާރަށް ޑިމާންޑުކުރައްވާކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ތެރެއިން ފޯޅަވަހި ހޯދުމުގެ މަސައްކަތް ވެސް ފެށުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. 

"އެއީ އަޅުގަނޑުމެންގެ ޖަޒީރާތަކާއި ގުޅިފައި އޮތް، އެ ޒަމާނުގައި އަޅުގަނޑުމެންގެ މެޕްތަކުގައި އަޅުގަނޑުމެންގެ ބައެއްގެ ގޮތުގައި ކަނޑައަޅާ ދައްކާފައި އޮތްތަކެއް އަޅުގަނޑުމެންނަށް ލިބެން ޖެހޭނެ. އެހެންވީމަ ސަރުކާރަށް މި ފުރުސަތުގައި އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލިވައި އަނބުރާ ހޯދުމަށް ދަންނަވާލުމާއެކު މި ގޮވާލަނީ އެތަންވެސް ހޯދަން މަސައްކަތްޕުޅު ކުރައްވާށޭ"

ކުރީގެ ބަންޑާރަނައިބު ޑރ މުނައްވަރު 

ޑރ މުނައްވަރު އިތުރަށް ވިދާޅުވީ ކަނޑުގެ ސަރަހައްދުން ގެއްލުނުބައި އަނބުރާ ހޯދާނެ ގޮތެއް ސަރުކާރުގއި ތިއްބެވި ބޭފުޅުންނަށް އެނގިނުލައްވާކަމަށް ވާނަމަ، އެންމެ ރަނގަޅުވާނީ ގެއަށް ވަޑައިގަތުން ކަމަށެވެ. 

އެހެން ނޫންކަމަށް ވާނަމަ، ރައްޔިތުން ނިކުމެ މި ސަރުކާރުގެ އިސްވެރިން ވެރިކަމުން ބާލާނެކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ