"ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ" ގެ ބައިވެރިން
ހަބަރު
05 Mar 2023 | 17:04
އެލްޖީއޭގެ ދެވަނަ ބެޗް ތަމްރީނަށް އިންޑިއާއަށް ފުރައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދެވަނަ ބެޗް އިންޑިއާއަށް "ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ" ތަމްރީނަށް ފުރައިފި ކަމަށް އެލްޖީއޭއިން ބުނެފިއެވެ.

އެގޮތުން އެލްޖީއޭއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި މިި ތަމްރީނުގެ 23 ބައިވެރިން މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްއިން ވަނީ ފުރާފައި ކަމަށް ބުނެފައިވެއެވެ.

ދެ ހަފްތާގެ މުއްދަކަށް އިންޑިއާގެ ހައިދަރުއާބާދުގެ އެންއައިއާރްޑީޕީއާރުގައި ކުރިއަށް ގެންދެވޭ ތަމްރީނުގައި މި ފަހަރުގެ ބެޗްގެ ތެރޭގައި ރަށްރަށުގެ ކައުންސިލްތަކުގެ މަންދޫބުންނާއި އެލްޖީއޭގެ އޮފިޝަލުން ހިމެނެއެވެ.

އެލްޖީއޭއިން ބުނެފައިވަނީ މި ދަތުރާއި ގުޅިގެން އިންޑިއަން ހައިކޮމިޝަންގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަފްޝަން ލަތީފް އާއި އިންޑިއާގެ ސަފީރު މުނޫ މަހާވާރު ތަމްރީނުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައިވެއެވެ.

މި ތަމްރީންގައި ލާމަރުކަޒީ ނިޒާމާއި ލޯކަލް ގަވަރނަންސްއާ ގުޅުންހުރި މައުލޫތަކުގެ ތެރެއިން ސެލްފް ގަވާނަންސް އެންޑް ގުޑް ގަވާނަންސް، ލޯކަލައިޒޭޝަން އޮފް އެސް.ޑީ.ޖީ، ސާވިސް ޑެލިވަރީ، ސިސްޓަމްސް ފޮރ ރިޑްރެސަލް އޮފް ޕަބްލިކް ގްރިވެންސަސް، ސޯޝަލް ޕްރޮޓެކްޝަން އެންޑް ސޯޝަލް ކޯޒޭޝަން، ޕްލޭނިންގ، ރެވެނިއު، ފައިނޭންޝަލް އެމް.ޖީ.ޓީ. އަކްކައުންޓިން އެންޑް އޮޑިޓް ކިޔާދޭނެ ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ.

މިއާއިއެކު ވިމެން އެމްޕަވަރމަންޓް، ރޯލް އޮފް އެޑިއުކޭޝަން އިން ލޯކަލް ގަވަރނަންސް، ގްރޫޕް ޑައިނަމިކްސް، ލޭންޑް ޔޫސް ޕްލޭނިންގ، ވޭސްޓް އެމްޖީޓީ، ފިޝަރީޒް، ރިނިއުބަލް އެނަރޖީ ފަދަ ކަންކަން ވެސް ބައިވެރިންނަށް ކިޔާދޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.