މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އަމީރު ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
06 Mar 2023 | 10:03
ސައުދީ ސަރުކާރުގެ ކިބައިން މާފަށް އެދުނިންތޯ އެހި ސުވާލަށް އަމީރު ޖަވާބެއް ނުދެއްވި

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ސައުދީ ސަރުކާރާއި ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދިއުމާއި ގުޅިގެން އެކަމަށް ފާޑުކިޔުންތައް އަމާޒުކުރައްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސައުދީ ސަރުކާރު ކުޑައިމީސްކޮށް ދެއްކެވި ވާހަކަތަކަށް މާފަށް އެދިވަޑައިގެންފައި ވާނެތޯ އައްސަވާ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް މިނިސްޓަރު ވަކި ޖަވާބެއް ނުދެއްވި އެވެ. 

ޚަލީޖުގެ ބައެއް ގައުމުތަކަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު އަމީރު ވަނީ ސައުދީއަށް ވަޑައިގެން އެ ޤައުމުގެ މާލީ ދާއިރާގެ ބައެއް ވެރިންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ. 

އެ ބައްދަލުވުމާއި ގުޅިގެން އަމީރަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެގެން ދިޔައެވެ. އެއީ ސައުދީ ސަރުކާރަށް ކުޑައިމީސްވާ ގޮތަށް، އަދި އެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ރައްދުވާގޮތަށް މިނިސްޓަރު މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ. 

އެކަންކަމަށް އިޝާރާތްކުރައްވާ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ސައުދީ ސަރުކާރަށް ކުޑައިމީސްކޮށް މީގެ ކުރިން އަމީރު ދެއްކެވި ވާހަކަފުޅުތަކަށް ސައުދީ ސަރުކާރުގެ ކިބައިން މާފަށް އެދުނިންތޯ އައްސަވާ ސުވާލު ކުރައްވާފަ އެވެ. 

އެހެން ނަމަވެސް ސައީދުގެ އެ ސުވާލަށް މިނިސްޓަރު އަމީރު ޖަވާބުދެއްވާފަ އެއް ނުވެއެވެ. ސައުދީ ސަރުކާރުގެ ކިބައިން މާފަށް އެދުނުކަމެއް ނުވަނަ ނޫންކަމެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ. 

ސައުދީ ސަރުކާރުގެ ކިބައިން މާފަށް އެދުނުކަން މިނިސްޓަރު ހާމަކޮށްފައި ނުވާއިރު، ރައީސް ޔާމީންގެ ދައުރުގައި ސައުދީ ރައީސް އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމުން އެކަމަށް މިނިސްޓަރު އަމީރު ވަނީ ފާޑުވިދާޅުވެފަ އެވެ.

މުސްލިމުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަން ކުރިމަތިވަނީ މުސްލިމު ގައުމު ތަކުގެ ވެރިންގެ ސަބަބުންކަމަށާއި އިސްރާއީލްގެ ހުންނަަ އެމެރިކާ އެންބަސީ ޤުދުސަށް ބަދަލުކުރީވެސް ސައުދީގެ ރުހުން އޮވެގެންކަމަށް އަމީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ސައުދީ ސަރުކާރަކީ އިންސާނުންތަކެއްތޯ، ޝައިތޯނުންތަކެއްތޯ ސުވާލުކަރައްވައި އިސްރާއީލްގެ ކަނާތުފިޔައިގެ އަނިޔާވެރި ބޮޑު ވަޒީރު ބެންޖިމިން ނަތަންޔާހޫގެ އިންތިހާބަށް ޚަރަދުކުރީ ސައުދީ ސަރުކާރުންކަމަށް ވެސް އަމީރު ވިދާޅުވެފައިވެ އެވެ. އަދި ސައުދީއަކީ ޓެރަރިޒަމް އަށް ހިއްވަރުދީ އެކަމަށް ޚަރަދު ކުރާބައެއްކަމަށް ވެސް އަމީރު ވަނީ ތުހުމަތުކޮށްފަ އެވެ. 

އެހެން ނަމަވެސް އެފަދައިން ފާޑުވިދާޅުވެ އަމީރު ކުރެއްވި ޓްވީޓުތައް މިހާރު ވަނީ ޑިލީޓުކޮށްލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.