ރައީސް ޞާލިހު އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި
ހަބަރު
06 Mar 2023 | 10:50
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ: ރައީސް ޞާލިހު

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މެދުފަންތީގެ ޢާމްދަނީ ލިބޭ ޤައުމަކަށް ހިޖުރަކުރުމަށް ރާއްޖެ ކުރި ދަތުރުގައި، ފަޤީރުކަން ނައްތާލައި ތަރައްޤީ ގެނައުމަށް ކުރިމަތިވި ގޮންޖެހުންތަކާއި ރާއްޖޭގެ ތަޖުރިބާތައް ޙިއްޞާކުރައްވައި، އެގޮތަށް ހިޖުރަކުރާ ޤައުމުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވީ ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދާ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި މިއަދު ތަޤުރީރުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިގޮތަށް ހިޖުރަކުރުމުގެ މަރުހަލާގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގައި ހިމެނޭ ޤައުމުތަކުގެ އިޤްތިޞާދީ ޙާލަތު ކުރިއެރުވުމަށް ޖުމްލަގޮތެއްގައި މަސައްކަތްކުރެވުނު ނަމަވެސް އިޤްތިޞާދު ނުރައްކަލަށް ހުށަހެޅިދާނެ ކަންކަމަށް އެހާބޮޑު ސަމާލުކަމެއް ނުދެވި އޮންނަކަން ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެ، މެދުފަންތީގެ ޢާމްދަނީ ލިބޭ ޤައުމަކަށް ހިޖުރަ ކުރުމާއެކު އޭގެ ކުރިން ހަމަޖެހިފައި ހުރި ބައެއް ޚާއްޞަ އިންތިޒާމުތަކާއި ލިބެމުންއައި ބައެއް އިނާޔަތްތައް މެދުކެނޑިގެން ނުދާނެކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހުނުކަން ފާހަގަކުރެއްވިއެވެ.

އަދި ޤައުމު ގުދުރަތީގޮތުން އުފެދިފައި އޮންނަ ގޮތުންނާއި ބޮޑުކުޑަމިނާއި ރަށްތައް ފެތުރިފައިވާ ގޮތާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، އިޤްތިޞާދު ސިންދަފާތުވެފައި ނެތުމާއި ޑިވެލޮޕްމަންޓް ފައިނޭންސް އެކަށީގެންވާގޮތެއްގައި ލިބޭނެގޮތްތައް ހަމަޖެހިފައި ނެތުމާއި ޖިއޮޕޮލިޓިކަލް ޝޮކްތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނާޒުކުކަން ފަދަ ކަންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ސިޑްސްގައި ހިމެނޭ ޤައުމުތަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދޭވޭ އަސަރުތައް ފާހަގަކުރެއްވިއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުތައް އެޅުމަށް، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކަށް ހޭނުމާއި ވިލުންވެރިކަން އިތުރުކުރުންފަދަ ކަންކަމަށް ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ މިންވަރަށް ފައިސާ ހަމަޖެހިގެން ނުދާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޕް 27 ގެ ސަމިޓުގައި ކުރިއަރާފައިވާ ޤައުމުތަކުން އެއްބަސްވި ގޮތަށް އެޤައުމުތަކުގެ ޒިންމާ އަދާކޮށް، "ލޮސް އެންޑް ޑެމޭޖް" ފަންޑު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށް، އަހަރަކު 100 ބިލިއަން ޑޮލަރުގެ ފައިނޭންސް ހަމަޖެއްސުމުގެ އަމާޒަށް ވާޞިލުވުމަށް އެ ޤައުމުތަކަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުން، ވިލުންވެރިކަން އިތުރުކުރުމަށް މަސައްކަތްކުރާއިރު ގުޑް ގަވަނަންސްގެ ބޭނުން ހިފުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ހޯދުމުގައި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ހަމަހަމަ ގޮތެއްގައި އަދި މާނަހުރި ގޮތުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.

އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސް ކުރިޔަށްދަނީ މާރިޗު މަހުގެ 5 އިން 9 ދުވަހަށް ޤަޠަރުގެ ވެރިރަށް ދޯހާގެ ޤަޠަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ. ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް 2021 ވަނަ އަހަރު ފެށިގެން ކޮވިޑްގެ ބަލިމަޑުކަމާހުރެ ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.