މިނިސްޓަރު އަމީރު ރައީސް ސޯލިހުގެ އަރިހުގައި ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވަނީ/ ފޮޓޯ: އަވަސް
ހަބަރު
06 Mar 2023 | 12:11
ފޯޅަވަހި މައްސަލައިގައި ރައީސް ޞާލިހު މޮރިޝަސްގެ ވެރިންނަށް ފޮނުވި ސިޓީއެއް ނުދެކެން: އަމީރު

ފޯޅަވަހި މައްސަލައިގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ވެރިންނަށް ފޮނުވި ސިޓީ ފެނިވަޑައި ނުގަންނަވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. 

އަމީރު އެފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެއްސެވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

ފޯޅަވަހި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވާފައިވެއެވެ. އެފަހުން 2022 ވަނަ އަހަރު ސަރުކާރުން ވަނީ ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށްފަ އެވެ. އަދި ފޯޅަވަހީގެ ބާރުވެރިކަން މޮރިޝަސްއަށް ދޫކޮށްލަން ނިންމާފަ އެވެ. 

މިއަދުގެ މަޖިލީސް ޖަލްސާއަށް މިނިސްޓަރު އަމީރު ހާޒިރުކުރައްވާފައިވާއިރު، ސައީދު ވަނީ މިނިސްޓަރަށް އެ ސިޓީފުޅު އެއްވެސް ސިފައެއްގައި ފެނިވަޑައިގެންފައި ވޭތޯ އައްސަވާ ސުވާލު ކުރައްވާފަ އެވެ. 

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު 

"ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ވިއްކާލި ފޯޅަވަހީގެ ޑީލު މަނިކުފާނަށް ފެނިވަޑައިގެންފައި ވޭތޯ؟ އެ ސިޓީ ފެނިވަޑައިގެންފައި ވޭތޯ؟ "

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

 ސައީދުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ސިޓީފުޅު އެމަނިކުފާނަށްވެސް ފެނިވަޑައިގެންފައި ނުވާކަމަށެވެ. 

ފިނޭންސް މިނިސްޓަރު އަމީރު 

"އަޅުގަނޑު އަދި ނުދެކެން އެކަހަލަ އެއްވެސް ޑޮކިއުމަންޓެއް"

ފިނޭންސް މިނިސްޓަރު އަމީރު 

ފޯޅަވަހި މައްސަލައިގައި ސަރުކާރުން ކުއްލި ގޮތަކަށް ސްޓޭންޑް ބަދަލު ކުރުމާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދިގެން ދިޔައެވެ.

އެގޮތުން ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ދެއްވި ޕްރެސް ކޮންފަރެންސްއެއްގައި ވަނީ ސަރުކާރުން ސްޓޭންޑް ބަދަލުކުރީ މޮރިޝަސް ސަރުކާރާއެކު ޑީލު ހަދައިގެންކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެ ޑީލުގެ ފަހަތުގައި އިންޑިއާ އޮތްކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. 

އޭގެ އިތުރުން ރައީސް ޞާލިހު މޮރިޝަސްގެ ވެރިންނަށް ފޮނުވި ސިޓީ ހާމަކުރަން ޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުވެސް ވަނީ ގޮވާލައްވާފަ އެވެ. އަދި އެސިޓީ ހޯދުމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުވެސް ހުށައެޅުއްވި އެވެ. 

އެހެން ނަމަވެސް މިހާތަނަށް އެ ސިޓީފުޅު އޮތީ ސިއްރު ސިޓީފުޅެއްގެ ގޮތުގައެވެ. އަދި އޭގައި ލިޔެފައި އޮތް އެއްޗެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.