ފޮޓޯ/ ބީއެމްއެލް
ހަބަރު
06 Mar 2023 | 16:45
ބީއެމްއެލް އިން ކިއުއާރު ޕޭމަންޓްގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކޮށްފި

ބޭންކް އޮފް މޯލްޑިވްސް އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުރިހާ ކިއުއާރު ޕޭމަންޓްތަކަށްވެސް ވަން ޓައިމް ޕާސްވޯޑްސް (އޯޓީޕީސް) ބޭނުންކުރަންޖެހޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

އެގޮތުން ބީއެމްއެލް އިން މިއަދު ނެރުން ނޫސް ބަޔާނެއްގައި ވަނީ އެޕް އަޕްޑޭޓް ކުރުމާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް އިން ކަސްޓަމަރުންކުރާ ކޮންމެ އަދަދެއްގެ 'ސްކޭން ޓު ޕޭ' ޓްރާންސެކްޝަންތަކަށް އޯތެންޓިކޭޓަރ، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަންޖެހޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ.

އާންމުކޮށް ހިނގަމުން އަންނަ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރި ކުރުމަށް ބޭންކުން އަންނަނީ ގިނަގުނަ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިގޮތުން 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި، ބޭންކުގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިއީ އީމެއިލް ކޮންޕްރަމައިޒްވެފައިވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ކަމަށް ބެންކް އިން ބުނެފައިވެއެވެ.

ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދާއިރު، ސެކިއުރިޓީ ފީޗަރސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް މި މާރިޗު މަސް ނިމުމުގެ ކުރިން ތައާރަފްކުރާނެ ކަމަށް ބެންކުން ވަނީ ބުނެފައެވެ.

އެގޮތުން ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ބޭންކުން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެމުންދަނީ ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށެވެ.

ބީއެމްއެލްއިން ކަސްޓަމަރުންނަށް ސަމާލުވުމަށް އެދޭ ކަންކަމަކީ:

· ބީއެމްއެލް އިން ވެބްސައިޓް ލިންކް ހިމެނޭހެން އެސްއެމްއެސް އެއް ނުކުރާނެއެވެ. އެސްއެމްއެސް އައުމުން އެއީ ބީއެމްއެލް އިން ފޮނުވި އެސްއެމްއެސް އެއް ކަމުގައި ހީވިނަމަވެސް އެއްވެސް ލިންކަކަށް ނުފިތާށެވެ. އަދި އެއްވެސް މައުލޫމާތެއް ހިއްސާނުކުރާށެވެ. ބީއެމްއެލް ނުވަތަ އިތުބާރު ކުރެވޭ އެހެނިހެން ފަރާތްތަކުގެ ނަން 'ސްޕޫފް' ކޮށް ( ބީއެމްއެލް ނުވަތަ އެހެން އިދާރާއެއްގެ ނަން އޮންނަ ގޮތަށް ބޭނުންކުރުން) އެސްއެމްއެސް އަދި ފޯނު ކޯލުކުރެވޭކަން ހަނދާނުގައި ބަހައްޓާށެވެ.

·އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް އަންނަ ޝައްކުކުރެވޭ މެސެޖް، ޕޮޕް އަޕް ވިންޑޯސް، ލިންކް އަދި އެޓޭޗްމަންޓް ނުހުޅުވާށެވެ.

·ވަން ޓައިމް ޕާސްވޯޑް ނުވަތަ އޯޓީޕީ އަކީ ސެކިއުރިޓީ އަށް ބޭނުންކުރާ ވަސީލަތަކަށް ވީހިނދު، ސައްހަ މުއާމަލާތެއްކަމަށް ހީވި ނަމަވެސް އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރާށެވެ.

·ބޭންކިންގ ޕާސްވޯޑް އަދި އީމެއިލް ޕާސްވޯޑް ދޭތެރެދޭ ތެރެއިން ބަދަލުކުރާށެވެ. ޕާސްވޯޑް ބަދަލުކުރާއިރު އެހެންފަރާތްތަކަށް ހިޔާރުކުރަން އުނދަގޫ ޕާސްވޯޑެއް ބޭނުންކުރާށެވެ.

·ބްރައުޒަރ ގައި އީމެއިލް އަދި ބޭންކިންގ ޕާސްވޯޑް ސޭވް ނުކުރާށެވެ. އީމެއިލް އެކައުންޓް ކޮންޕްރޮމައިޒް ވެއްޖެނަމަ، ސޭވްކޮށްފައިވާ ޔޫސަރނޭމް އަދި ޕާސްވޯޑްތައް ސްކޭމް ހިންގާ ފަރާތްތަކަށް ފަސޭހައިން އެކްސެސްވެވޭނެއެވެ.

·ވެބްސައިޓް ލިންކް ރަނގަޅަށް ޗެކް ކުރާށެވެ. އިންޓަރނެޓް ބޭންކިންގ ފަދަ ސެކުއަރ ސައިޓްތަކުގައި އެޑްރެސް ހިމެނޭތަނުގައި 'ލޮކް' (ތަޅެއް) ނިޝާނެއް ފެންނާނެއެވެ. އެއްވެސް ލިންކެއް މެދުވެރުކޮށް އިންޓަރނެޓް ބޭންކިންގ އަށް ނުވަންނާށެވެ. ސްކޭމް ކުރާ ފަރާތްތަކުން ޔޫސަރނޭމް އަދި ޕާސްވޯޑް ހޯދުމަށް އިންޓަރނެޓް ބޭންކިންގ އާއި ވައްތަރު ވެބް ޕޭޖް ހަދައިގެން މި މައުލޫމާތުތައް ހޯދައެވެ.

·ބޭންކުން ފޮނުވާ ނޯޓިފިކޭޝަން އަބަދުވެސް ބަލާށެވެ. ބީއެމްއެލް އިން ރަޖިސްޓްރީކޮށްފައިވާ އީމެއިލް އަށް، ލޮގިންވާ ކޮންމެ ފަހަރަކު އިންޓަރނެޓް ބޭންކިން ލޮގިން ނޮޓިފިކޭޝަން ފޮނުވާނެއެވެ. އަމިއްލައަށް ލޮގިންނުވާ ނޯޓިފިކޭޝަންއެއް އައިސްފިކަމުގައިވާނަމަ ނުވަތަ ލޮގިން އާ ބެހޭ މައުލޫމާތު އެހެން ފަރާތަކަށް ލިބިފައިވާ ކަމަށް ޝައްކު ކުރެވޭނަމަ، ވީހާވެސް އަވަހަކަށް ޕާސްވޯޑް ބަދަލުކުރާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ