ހޯމް މިނިސްޓަރު އިމްރާނު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
07 Mar 2023 | 09:54
ގޭންގުތަކާއި ޑްރަގް ޓްރެފިކް ކުރާ މީހުންގެ ކުރިމަތީ ތިރިއެއް ނުވާނަން: އިމްރާނު

ގޭންގުތަކާއި ޑްރަގް ޓްރެފިކް ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ކުޑަވެސް ދުލެއް ނުދެއްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުالله ވިދާޅުވެއްޖެ އެވެ. 

އިމްރާނު މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުالله ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

މިއަދުގެ ޖަލްސާގައި ރިޔާޒު ވަނީ ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި ހައްޔަރުކޮށް ހުކުން ކޮށްފައި ތިބޭ މީހުން މުއްދަތަށްވުރެ ކުރިން އެކި ސަބަބުތަކާހުރެ ދޫކޮށްލާކަން ފާހަގަކުރައްވާފަ އެވެ. އަދި އެފަދައިން އެމީހުން މިނިވަން ކުރުމުގައި މިނިސްޓަރު އިމްރާނުގެ ބައިވެރިވުންވެސް ހިމެނޭކަމަށް ތުހުމަތުތައް ކުރެވޭއިރު، އެކަމަށް ޖަވާބެއް ދެއްވުމަށް ރިޔާޒު މިނިސްޓަރު އިމްރާނު އަރިހުން އެދިލެއްވި އެވެ. 

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުالله ރިޔާޒު

"ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި ދިގު މުއްދަތަށް ޖަލަށް ހުކުމްކޮށްފަ ތިބި މީހުން، ގިނަ ބައެއް މިހާރު ވަނީ މުއްދަތަށްވުރެ މާ ލުއިކޮށް ޖަލުން މިނިވަންކޮށްފައިކަމަށް. މިކަން ހިނގާފައިވަނީ މިނިސްޓަރުގެ ބައިވެރިވުމާއި އެނގުމުގެ ތެރެއިންކަމަށް މައުލޫމާތު ލިބިފައިވޭ. އެހެންވީމަ މިއަށް މިނިސްޓަރުގެ ޖަވާބަކަށް އެދެން"

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުالله ރިޔާޒު

އެ ސުވާލާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ޑްރަގް ޓްރެފިކް ކުރާ މީހުންނާއި ގޭންގު ކުށްތަކަށް އަރައި ގަންނަ މީހުންގެ ކުރިމަތީ ތިރިވާނެ ބޭފުޅަކަށް ނުވާނެ ކަމަށެވެ. އަދި އެ ޔަގީންކަންވެސް ދެއްވާ ކަމަށެވެ. 

"ރާއްޖޭގައި ޚާއްސަކޮށް މަސްތުވާތަކެއްޗާއި ގޭންގުތަށް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކުން، އެ ފަރާތްތަކަށް ލިބެން ޖެހޭ އަދަބަށް އަޅުގަނޑުގެ ފަރާތުން އެއްވެސް ލުޔެއް ލިބޭނެ ގޮތެއް އިރާދަކުރެއްވިއްޔާ މެދުވެރިއެއް ނުވާނެ. ގޭންގުތަކާއި ޑްރަގް ޓެރެފިކިންގެ މައްސަލަތަކަކީ އަޅުގަނޑު އެކަމަށް އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން. އޭގެ ތެރޭގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ ކުރިމަތީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިރިއެއް ނުވާނެ"

ހޯމް މިނިސްޓަރު އިމްރާނު އަބްދުالله 

މިނިސްޓަރު އިތުރަށް ވިދާޅުވީ މިފަހުން މާލޭގައި ހިނގައިދިޔަ މާރާމާރީތަކަށްފަހު ގޭންގުތައް ހިންގާ ފަރާތްތައްވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

އޭގެ އިތުރުން، ގޭންގުތަކާއި މަސްތުވާތަކެތި ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުން މިއަަހަރުތެރޭ ކާމިޔާބު ނަތީޖާތަކެއް ނެރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ