މާލެ ސިޓީ ކައުންސިލްގެ 1444 އަހަރުގެ މަދަހަ މުބާރާތުގެ ތެރެއިން-- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
07 Mar 2023 | 09:55
މާލެ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް ފަށައިފި

މާލެ ސިޓީ ކައުންސިލްގެ 1444 ވަނަ އަހަރުގެ މަދަހަ މުބާރާތް ފަށައިފިއެވެ. 

މި މުބާރާތުގެ ރެކޯޑިންގްތައް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ.

މާލެސިޓީ ކައުންސިލުން ބުނީ، މި އަހަރުގެ މަދަޙަ މުބާރާތުގައި 304 ދަރިވަރުން ވަނީ އެކި އުމުރުފުރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި މުބާރާތް ކުރިއަށް ގެންދާނީ 6 އުމުރުފުރާ އަކަށް ބަހާލައިގެން ކަމަށާ، މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއްދިނުމަށް ހަމަޖެހިފައިވާ ކަން މާކެ ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.  

މީގެ އިތުރުން އެ ކައުންސިލުން ބުނީ، މި މުބާރާތާއި ގުޅޭ މަޢުލޫމާތު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ލިބިގެންދާނެ ކަމަށާ މުބާރާތުގެ ޢުޞޫލު މާލެސިޓީ ކައުންސިލްގެ ވެބްސައިޓްގައި https://malecity.gov.mv/downloads ހިމަނާފައިވާނެ ކަމަށެވެ. 

މަދަހަ މުބާރާތުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ޤުރުއާން މުބާރާތެއްވެސް ބާއްވާފައެވެ. އެ މުބާރާތުގެ ރެކޯޑިންގް މިހާރު ވަނީ ނިންމާލެވިފައެވެ. އެ މުބާރާތުގައި 756 ކުދިން ވަނީ ބައިވެރިވެފައެވެ.

ޤުރުއާން އަދި މަދަހަ މުބާރާތުގެ ކުދިންގެ ކިޔެވުމާއި އިންތިޒާމްތައް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ