އައިޖީއެމްއެޗްގެ ހެލްތް ސްކްރީނިންގ ޕްރޮގްރާމްގެ ތެރެއިން
ހަބަރު
07 Mar 2023 | 12:35
އައިޖީއެމްއެޗްއިން ސްކޫލްތަކުގެ ދަރިވަރުންނަށް ހެލްތް ސްކްރީނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ

އަައިޖީއެމް ހޮސްޕިޓަލާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން މާލެ ސިޓީ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޙާއްސަކޮށްގެން ހެލްތް ސްކްރީނިންގ ޕްރޮގްރާމްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.

މިކަމާއި ގުޅިގެން މި ހޮސްޕިޓަލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ އައިޖީއެމްއެޗްގެ މެޑިކަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ އިސްނެންގެވުމުގެ މަތިން މި ހަރަކާތް ފެށިފައިވަނީ 22 ފެބްރުއަރީ 2023 ގައި ކަމަށެވެ.

އެގޮތުން އިމާދުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގްރޭޑް 1 އިން 98 ދަރިވަރުން، ގްރޭޑް 4 އިން 95 ދަރިވަރުން އަދި ގްރޭޑް 7 އިން 34 ދަރިވަރުން ވަނީ މި ސްކްރީނިންގ ފުރިހަމަކޮށްފައި ކަމަށް އެ ހޮސޕިތަލުން ބުނެފައިވެއެވެ.

އަދި މި ހަރަކާތުގައި އަައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކާއި ބެހޭ ޑިޕާޓްމެންޓްގެ ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުން އަދި އިންޓަރންސްއިން ބައިވެރިވެފައިވާ ކަމަށް ބުނެފައިވެއެވެ.

މި ޕްރޮގްރާމް ހެޑްކުރައްވާ، އަައި.ޖީ.އެމް.އެޗްގެ ކުޑަކުދިންގެ ބަލިތަކާއި ބެހޭ ޑިޕާޓްމެންޓްގެ އިސް ޑޮކްޓަރ، ޑރ. އަޙުމަދު ފައިސަލް ވަނީ މި ސްކްރީނިންގ ގެ މައިގަނޑު އަމާޒަކީ ކުޑަކުދިންގެ މެދުގައި އާންމުކޮށް ފެތުރޭ ސިއްޙީ މައްސަލަތައް ދެނެގަނެ، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އެޅުން ކަމަށް ވިދާޅުވެފައެވެ.

"މި ކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަށް އެހީއަކަށް ވެގެން ދާނެ" ޑރ. ފައިސަލް ވިދާޅުވިއެވެ.

މިއާއިއެކު މިހާރުވެސް ހެލްތް ސްކްރީނިންގ ޕްރޮގްރާމް ކަލާފާނު ސުކޫލްގައި ކުރިޔަށް ގެންދާ ކަމަށް އެހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން އަދިވެސް މާލެ ސިޓީ ސަރަހައްދުގެ ގިނަ ސްކޫލްތަކުގައި މިހަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އައި.ޖީ.އެމް. ހޮސްޕިޓަލުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއި އެކު ވަރަށް ފުޅާ ދާއިރާއެއްގައި ބޭސްފަރުވާއާއި ސިއްޙީ ޙިދުމަތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެމުންނެވެ. މި ގޮތުން، ހެލްތް ސްކްރީން ކުރުމާއި، ސަރޖަރީއާއި، ސްޕެޝަލިސްޓް އޯޕީޑީ، އަދި މި ނޫންވެސް ތަފާތު ގިނަ ސިއްޙީ ޙިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.