ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުالله ޝަހީމް-- ފޮޓޯ/ މަޖިލިސް
ހަބަރު
07 Mar 2023 | 13:20
ކޯލިޝަން ހަދާނީ ރިޔާސީ ނިޒާމަކު ނޫން؛ ބަރުލަމާނީ ނިޒާމުގައި: ޝަހީމް

ކޯލިޝަނަކީ ރިޔާސީ ނިޒާމުގައި ހަދާ އެއްޗެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުالله ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. 

ޝަހީމް ވިދާޅުވީ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާއިރު ހަމައެކަނި 5 ދުވަސް ނޫނީ 40 ދުވަސް ނަމަވެސް، ދުވަހުގެ އަދަދު އިސްލާހު ކުރަން މަޖިލީހަށް ފޮނުވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. 

ގާނޫނު އިސްލާހުކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވާއިރު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ޚާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ އެމްޑީޕީ މުވައްޒަފުންނަށް ވަޒީފާގެ މިނިވަންކަންވެސް ލިބިފައިނުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ ރަށެގައި މަސައްކަތް ކުރަމުންދާ އެމްޑީޕީގެ 13 މެންބަރުންނަށް ވަޒީފާއިން ކަނޑާލާނެ ކަމުގެ ނޯޓިސް ދީފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. 

ޝަހީމް ވިދާޅުވީ އެފަދަ ކަންކަމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އެފަދަ މައްސަލަތައް ދިމާވަނީ ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރެއް އެކުލަވައިލެއްވުމުން ކަމަށެވެ. 

މި މައްސަލަތައް މިހެން މި ދިމާވަނީ ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރު ހަދައިގެން، ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި އައުމުގެ ނަތީޖާ މި ފެނިގެންދަނީ. އިއްޒަތްތެރި ރައީސް. ކޯލިޝަން ހަދާނީ ބަރުލަމާނީ ނިޒާމުގައި. މަޖިލިސް ތެރެއިން އިއްޒަތްތެރި ރައީސް. އެއީ އެކަން ކުރާ ގޮތަކީ. އަޅުގަނޑުމެން ރިޔާސީ ނިޒާމުގައި ކޯލިޝަން ހަދައިގެން މަތިފަޑިން ކަންކަން ނިންމީމާ، އެބޭފުޅުންގެ ޕާޓީގެ ދަށުގައި ތިބި މީހުން އަނެއް ޕާޓީ އަކަށް އިހްތިރާމެއް ނުކުރޭ. ބޭނުން ގޮތަކަށް ކަން ކުރުމުގެ ނަތީޖާ ފެނިގެން މިދަނީ. މައި ޕާޓީގެ މެންބަރުން ނިކަމެތި ކުރަމުންދާތަން މިއަދު މި ފެންނަނީ. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން.

މެންބަރު އަބްދުالله ޝަހީމް

މިއާއެކު ޝަހީމް ވަނީ، އެފަދައިން ކަންކަން ވަނީ ރިޔާސީ ނިޒާމުގައި ކޯލިޝަން ސަރުކާރެއް އެކުލަވައި ލުމުން ކަން ތަކުރާރު ކުރައްވާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.