29 Jan 2019 | 08:45
އިންޑިޔާގެ ބޮޑުވަޒީރަށް ފާޑުކިޔައިގެން ސިޔާސީ މީހަކު ހައްޔަރުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށްބުނާ އިންޑިޔާގައި އެގައުމުގެ ބޮޑުވަޒީރާއި ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ މީހަކު ހިފައި ހައްޔަރުކޮށް ޖަލަށްލާންފަށައިފިކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލްޖަޒީރާ ބުނާގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެކުނުގެ ސިޓީއެއްކަމަށްވާ ޓެމިލް ނާޑޫއަށް ކުރެއްވި ޒިޔާރަތަކާ ދިމާކޮށް ސޯޝަލް މީޑިއާގައި މޯދީއަށް ފާޑުކިޔައި ފޮޓޯއެއް ލީ ޓެމިލްނާޑޫގެ ސިޔާސީ މީހަކު، ބީޖޭޕީން މައްސަލަޖެއްސުމުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ތަހުގީގު ނިމެންދެން ހުންނާނީ ހައްޔަރުކޮށްފައެވެ.

މޯދީއާއި އޭނާގެ ހަރުކަށި ހައްދުފަހަނައަޅާފައިވާ ޕާޓީ ބީޖޭޕީގެ އައިޑިއޮލޮޖީއަށް ފާޑުކިޔުމުން މިދިޔަ އަހަރުވެސް އެތައް ބަޔަކު ހައްޔަރުކޮށްފައިވެއެވެ. މަނިއަޕޫރުގެ ޓީވީ ރިޕޯޓަރަކުވެސް ސޯޝަލް މީޑިއާގައި ފާޑުކިޔައިގެން ހައްޔަރުކޮށް ޖަލަށްލާފައިވެއެވެ. އެންމެ ފާހަގަކުރެވުނު އެއް ހާދިސާއަކީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްގެން އިދިކޮޅު ކޮންގްރެސް ޕާޓީގެ ސޯޝަލް މީޑިއާ ޗީފް ހައްޔަރުކޮށް ޖަލަށް ލުމެވެ.

އަވަށްޓެރި ގައުމުތަކަށް ޑިމޮކްރަސީގެ ފިލާވަޅު ނަގައިދީ އިންޒާރުދީ ހަދަމުންދާ އިންޑިޔާގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ނުރައްކާ ހިސާބަކަށް ބީޖޭޕީގެ ވެރިކަމުގައި ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.