ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޑިނާރ ނައިޓްގެ ތެރެއިން
ހަބަރު
08 Mar 2023 | 11:13
އެޗްޑީސީން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީއާއި، ޖެންޑަރ މިނިސްޓްރީ އަދި ވިމެން އިން ޓެކް އެމްވީއާއި ގުޅިގެން ޑިނާރ ނައިޓްއަކާއި ޕެނަލް ޑިސްކަށަންއެއް ކުރިޔަށް ގެންގޮސްފިއެވެ.

އެގޮތުން މިއަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ޑިޖިޓަލް – އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮ ޖެންޑާ އީކުއާލިޓީ" ގުޅުވައިގެން މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފަރުކޮޅުފުށީގައިވަނީ ވިމެން ޔުނައިޓް- ޑިޖިޓަލްގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިޔަށް ގެންދެވިފައިވާ ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

އަދި ނެޓްވޯކިންގގެ ގިނަ ހަރަކާތްތަކާއި ޕެނަލް ޑިސްކަޝަނެއްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ކުރިޔަށް ގެންދެވިފައި ކަމަށްް އެ ކޯޕަރޭޝަނުން ބުނެފައިވެއެެވެ.

މިއީ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ އަދި މި ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް މަގުފަހިވެގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް ފާހަގަކޮށް އެޗްޑީސީއިން ވަނީ ކޮންމެ އަހަރަކުވެސް ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްއުޅުމަކީ އެ ކޯޕަރޭޝަނުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށް ބުނެފައެވެ.

އެގޮތުން އެޗްޑީސީއިން ވަނީ ޓެކްނޮލޮޖީ ދާއިރާއާއި އަދި މި ނޫންވެސް އެކި ދާއިރާތަކުގައި މަސައްކަތްކުރަމުން އަންނަ އަންހެނުންނަށް ވީހާވެސް ގިނަ ފުރުސަތުތައް އިތުރުކޮށްދީ، މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތައް ކުރިޔަށް ގެންދެވުމަކީ މި ކޯޕަރޭޝަނުގެ އަމާޒުކަމުގައި ބުނެފައެވެ.

އަދި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން އަހުލުވެރިކުރުވައި ކުރިއެރުމުގެ ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް ވެސް ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.