މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
08 Mar 2023 | 18:15
މިސްކިތްތައް މަރާމާތުކުރުމުގެ މުހިންމު މަސައްކަތްތައް ދެ ހަފްތާ ތެރޭގައި ނިމޭނެ: ޑރ.މުޢިއްޒު

މާލެ ސިޓީގެ ގިނަ މިސްކިތްތަކުގެ އެންމެ މުހިންމު މަސައްކަތް ކުރިއަށް އޮތް ދެހަފުތާ ތެރޭ ނިމޭނެ ކަމަށް ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މާލެ ސިޓީ ކައުންސިލުން އަންނަނީ ރޯދަމަހާއި ދިމާކޮށް މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަމުންނެވެ.

އެ މަސައްކަތާއި ގުޅޭ ގޮތުން އިތުރު ތަފްސީލް ދެއްވައި މޭޔަރ މުޢިިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޯދަމަހަށް މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތަކުގައި އެއްފަހަރާ ގިނަ މިސްކިތްތަކެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

"ގިނަ މިސްކިތްތަކުގެ އެންމެ މުހިންމު މަސައްކަތް ކުރިއަށް އޮތް ދެހަފުތާ ތެރޭ ނިމޭނެ." މޭޔަރ ވިދާޅުވިއެެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ދިމާކޮށް މާލޭސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިސްކިތް ތައް މަރާމާތުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. 

އެގޮތުން މިފަހަރު މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތައް ޚަރަދު ކުރަމުންދަނީ “ޗާލު މިސްކިތް” ފަންޑަށް އާއްމުން ދިން ފައިސާގެ އެހީތެރި ކަމާއި ކައުންސިލްގެ ޢާމްދަނީންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ