މާލެ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމް މޭޔަރ މުޢިއްޒު އިފްތިތާޙް ކޮށްދެއްވުން--ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
12 Mar 2023 | 15:44
މާލެސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމް އިފްތިތާޙްކޮށްފި

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން "ފަންނުވެރިޔާ" ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ 20:30 ގައި ސަސްކެފޭގައި ބޭއްވި ޙަފްލާއެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އެވެ.

"ފަންނުވެރިޔާ" ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ފުރަތަމަ ބެޗްގައި މިހާތަނަށް 45 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މި ވޯކްޝޮޕް އިފްތިތާޙް ކޮށްދެއްވަމުން މޭޔަރ ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ ޒުވާނުންނަކީ ފުދުންތެރިބަޔަކަށް ހެދުން ކަމަށާއި،އެގޮތުން އާމްދަނީ އެއް ހޯދޭނެ ގޮތް ނެތިފައި ތިބި ޒުވާނުންނަށް ފުރުޞަތުތަކެއް ފަހި ކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުންވާކަމަށެވެ.

”މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ ޒުވާނުންނަކީ ފުދުންތެރިބަޔަކަށް ހެދުން. ވަޒީފާ އަދި އާމްދަނީ ލިބޭނެ ގޮތް މާލެ ސިޓީ ގައި ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުން. ޒުވާނުންނަކީ މާލެ ސިޓީގެ ކުރިމަގުގައި އަދި އެންމެހާ ކަންތައްތަކުގައި ވަރަށް މުހީއްމު ދައުރެއް އަދާ ކުރާނެ ބަެއެއް. އެގޮތުން އާމްދަނީ އެއް ހޯދޭނެ ގޮތެއް ނެތިފައި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ފަހި ކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުން“ މޭޔަރ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމްގެ ބައިވެރިންނާއި މޭޔަރ މުޢިއްޒު މުޚާތަބު ކުރައްވަނީ-- ފޮޓޯ/ މާލެ ސިޓީ ކައުންސިލް 

މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ "ފަންނުވެރިޔާ" ޕްރޮގްރާމް އާއި ގުޅޭގޮތުން ފެސްޓިވޯ އިންސްޓިޓިއުޓްގެ ޗެއާރމަން ޢަލީ އާމިރު ވިދާޅުވީ މާލެސިޓީ ކައުންސިލުން ފެސްޓިވޯ އަށް އިތުބާރުކޮށް މިފަދަ ފުރުޞަތެއް ދެއްވިކަމަށްޓަކާ ޝުކުރުދަންނަވާ ކަމަށާއި، ވަރަށް ރަނގަޅު ވަރަށް އުފެއްދުންތެރި ޒުވާނުންތަކެއް މި ޕްރޮގްރާމްގެ ދަށުން މުޖްތަމަޢުއަށް ނެރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

”ވޯކްޝޮޕެކޭ ދެންނެވިޔަސް މިއީ އެއްމަސް ދުވަހަށް ދެމިގެންދާ ވަރަށް ރަނގަޅު އެކަޑެމިކް ފައުންޑޭޝަންއެއް.އިންޓީރިއާ ޑިޒައިން، ގްރެފިކް ޑިޒައިން، އަދި ފެޝަން ޑިޒައިންގެ އިތުރުން މަލްޓިމީޑިއާގެ ޕްރޮގްރާމްތަކާއި، ފޮޓޯގްރަފީވެސް ހިމެނޭނެ“ އާމިރު ވިދާޅުވިއެވެ.

ފެސްޓިވޯ އިންސްޓިޓިއުޓްގެ ޗެއާރމަން ޢަލީ އާމިރު-- ފޮޓޯ/ މާލެ ސިޓީ ކައުންސިލް 

"ފަންނުވެރިޔާ" ޕްރޮގްރާމަކީ މުސްތަޤުބަލްގައި އިންޓީރިއާ ޑިޒައިން، ގްރެފިކް ޑިޒައިން، އަދި ފެޝަން ޑިޒައިންގެ އިތުރުން މަލްޓިމީޑިއާގެ ޕްރޮގްރާމްތަކާއި، ފޮޓޯގްރަފީ ދާއިރާތަކުން މަތީތަޢުލީމު ޙާސިލްކުރަން ބޭނުންވާ ޒުވާނުންނަށް ވަރަށް މުހިންމު ފުރުޞަތެއްކަމުގައި އާމިރު ވިދާޅުވިއެވެ.

މި ޕްރޮގްރާމް "ފަންނުވެރިޔާ" ގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕަކީ އެއްވެސް ފީ އަކާއި ނުލާ ހިލޭ ސާބަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވޯކްޝޮޕެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުން ފާހަގަކުރިގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަކީ ހުނަރުހުރި ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހުނަރުގެ ބޭނުން ހިފުމަށް ހުޅުވާލެވުނު ފަހި ފުރުޞަތެކެވެ. އަދި ޒުވާނުންނަށް ޚާއްޞަކޮށް މާލެސިޓީ ކައުންސިލުން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާކަމަށްޓަކާ ވަރަށްއުފާ ކުރާކަމަށާއި، އެކަމަށްޓަކާ މޭޔަރ މުޢިއްޒު އާއި ކައުންސިލަށް ވަރަށްބޮޑަށް ޝުކުރުދަންނަވާ ކަމުގައި ބައިވެރިން ބުނެފައިވެއެވެ.

ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމުގެ ގޮތުން ޒުވާނުންނަށް ޚާއްޞަކޮށް ޔޫތް ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމަކީ މާލެސިޓީ ކައުންސިލްގެ މިދައުރަށް އެކުލަވާލާފައިވާ އެކްޝަންޕްލޭންގައި ހިމަނާފައިވާ ކަމެކެވެ. އެގޮތުން "ފަންނުވެރިޔާ" ޕްރޮގްރާމް ކުރިއަށް ގެންދަން މާލެސިޓީ ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ 70 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.