ޑރ މުނައްވަރު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: މި ނޫސް
ހަބަރު
12 Mar 2023 | 22:25
އިންޑިއާއަށް ރާއްޖެ ހިފިދާނެކަމަށް ބުނި ހިސާބުން މާރިޔާ އެހުރީ މަގާމުން ޑިސްކޮލިފައި ވެފަ: ޑރ މުނައްވަރު

ދިފާއީ ވަޒީރުގެ މަޤާމުގައި ހުންނަވާ، އަވައްޓެރި އިންޑިއާ ބޭނުންވެއްޖެ ނަމަ ދިވެހިރާއްޖެ ހިފިދާނެކަމަށް މާރިޔާ ދީދީ ވިދާޅުވި ހިސާބުން އެކަމަނާ ޑިފެންސް މިނިސްޓަރުގެ މަޤާމުން ޑިސްކޮލިފައިވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ. 

ޑރ މުނައްވަރު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާ، އެކަމާއި ގުޅޭ ތަފްސީލުތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ މުނައްވަރު ވިދާޅުވީ އެމްޑީޕީގެ ބޭބޭފުޅުންނާއި ގާތް ގުޅުމެއް އޮތް ނަމަވެސް، ގައުމާއި ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތާއި ގެންގުޅުއްވާ ތަސައްވުރުގައި ބޮޑެތި ތަފާތުތަކެއް ހުރި ކަމަށެވެ. އެގޮތުން ދެއްކިދާނެ ވާހަކަތަކާއި ނުދެއްކޭނެ ވާހަކަތަކުގެ އިންތައް ހުންނަން ވާނެކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

ޑިފެންސް މިނިސްޓަރު މާރިޔާ ދައްކަވާފައިވާ ބައެއް ވާހަކަތަކަށް އިޝާރާތްކުރައްވާ ޑރ މުނައްވަރު ވިދާޅުވީ ގައުމުގެ ދިފާއު ނުބެހެލެއްޓޭނެކަމަށް، ނުވަތަ މިނިވަންކަން ދިފާއުނުކުރެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ބޭފުޅަކު ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުރެވިގެން ނުވާނެ ކަމަށެވެ. 

ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ އިންޑިއާއިން ބޭނުންވެއްޖެނަމަ ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެފައި ކަމަށާއި، އެކަމަނާ އެހެން ވިދާޅުވި ހިސާބުން ހަގީގަތުގައި އެ މަޤާމުން ޑިސްކޮލިފައި ވާނެކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. 

"އެނގިވަޑައިގަންނަވާނެ މާރިޔާ އަހުމަދު ދީދީ ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން އެބަ ވިދާޅުވޭ އިންޑިއާ ބޭނުންއިރަކު މި ގައުމު ހިފިދާނެއޭ. އެހިސާބުން އެކަމަނާ ޑިސްކޮލިފައިވީ ރާއްޖޭގެ ދިފާއީ ކަންތަކާއި ހަވާލުވެ ހުންނަވަން. މޯރަލީ ދެން ޖެހޭނީ ވަކިވެވަޑައިގަންނަވަން. އެއީ ގައުމުގެ ދިފާއު ނުބެލެހެއްޓޭނެކަމަށް ގައުމު މިނިވަން ދައުލަތެއްގެ ގޮތުގައި ނުދެމެހެއްޓޭނެކަމަށް ގަބޫލުފުޅުކުރައްވާ ބޭފުޅަކު ބަހައްޓަވައިގެން ނުވާނެ. ހުންނަވައިގެން ނުވާނެ"

ޑރ މުހައްމަދު މުނައްވަރު 

ޑރ މުނައްވަރު ވިދާޅުވީ އިންޑިއާއިން ބޭނުންވިޔަސް ރާއްޖެ ނުހިފޭނެ ކަމަށެވެ. ބޮޑު ގައުމަކުން ކުޑަ ޤައުމަކަށް އަރައި، އެ ގައުމު އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަކީ ބައިނަލްއަގްވާމީ އެއްވެސް ގާނޫނެއް ތަންދޭ ކަމެއް ނޫންކަން މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކުރެއިން ހަނގުރާމައިން ވެސް އެނގިގެންދާނެކަމަށް ޑރ މުނައްވަރު ވިދާޅުވި އެވެ. 

އެހެންކަމުން، ޒިންމާދާރު މަގާމެއްގައި ހުންނަވާއިރު ޒިންމާދާރުކަން ކުޑަކޮށް ވާހަކަފުޅު ދެއްކެވުމަކީ އެކަމަނާ އެ މަގާމަށް ކުފޫ ހަމަނުވާކަން އަންގައިދޭ ކަމެއްކަމަށް އިޝާރާތް ކުރައްވާ ޑރ މުނައްވަރު ވިދާޅުވީ އަމިއްލަފުޅަށް ޑިފެންސް މިނިސްޓަރުގެ މަގާމުން މާރިޔާ އިސްތިއުފާދެއްވަން ޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.