މެންބަރު އިބްރާހިމް މުއިއްޒު-- ފޮޓޯ/ މަޖިލިސް
ހަބަރު
13 Mar 2023 | 10:29
އިންތިޚާބުގައި ރިޝްވަތުކަމަށް ބެލެވޭނެ ކަންކަން ބަޔާންކުރާ އިސްލާހެއް

އިންތިޚާބުތަކުގައި ރިޝްވަތުކަމަށް ބަލާނީ ކޮން ކަންތައްތަކެއްކަން ބަޔާންކުރާ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ. 

މުއިއްޒު ހުށަހެޅުއްވި މި އިސްލާހުގައި ވާގޮތުން، އިންތިޚާބާ ގުޅިގެން އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހަމާކުރުން ފިޔަަވައި އެއިން ސިޔާސަތެއް ނުވަތަ ތަސައްވުރަކާ ގުޅޭ ގޮތުން ކެނޑިޑޭޓަކު އާންމުކޮށް ވައުދުވާވުން ފިޔަވައި، ކެނޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށް ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ އާންމު ފައިދާއަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުމާއި، އެއްވެސް ބާވަތެއްގެ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިން ކަމެއް ކޮށްދޭން ވައުދުވުމަކީ ރިޝްވަތު ދިނުމެވެ.

އަދި މީގެ އިތުރުން ވޯޓާ ގުޅޭ ލިޔެކިޔުން ނައްތައިލުމާއި ރައްކާތެރިކުރުމާ ގުޅޭ މާއްދާތަކެއް  މުޢިއްޒު ހުށަހެޅި އިސްލާހުގައި ހިމަނާފައިވާއިރު އޭގައި ވާގޮތުން އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ފަހުން 30 ދުވަހުގެ މުހުލަތެއް ފާއިތުވަންދެން އެ އިންތިޚާބެއްގައި ވޯޓުލުމުގައި ބޭނުންކޮށްފައިވާ ބައެއް ލިޔުންތައް ރައްކާތެރިކަމާއެކު އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަންޖެހޭނެއެވެ.

އެ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ ވޯޓާބެހޭ މައި މަރުކޒަށް ފޮނުވާފައިވާ ހުރިހާ ލިޔެކިޔުމާއި ތަކެތީގެ އިތުރަށް ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭހެން ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓެވެ.

އަދި ހަމަ އެހެންމެ، ބާކީ ހުރި ވޯޓު ކަރުދާހާއި ކަރުދާހުގެ ކައުންޓާ ފޮއިލާއި ވޯޓުލުމަށް ބޭނުންކުރި ވޯޓުކަރުދާހާއި އެ ވޯޓު ކަރުދާހުގެ ކައުންޓާ ފޮއިލް، ހަލާކުވެފައި ހުރި ވޯޓު ކަރުދާހާއި، ވޯޓު ގުނާފައިވާ ވޯޓް ކަރުދާސް ފަދަ ލިޔުންތައް، އިންތިޚާބާ ގުޅޭ މައްސަލައެއް ކޯޓަކަށް ހުށަހެޅިފައި ނުވާކަން ކަށަވަރުކުރުމަށްފަހު ކަނޑައެޅިފައިވާ އުސޫލުގެ މަތިން ނައްތާލެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން، ވޯޓުލާ މަރުކަޒުތަކަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދުގެ 1 އިންސައްތައަށްވުރެ އިތުރުނުވާ އަދަދަކަށް އިތުރު ވޯޓު ކަރުދާސް ފޮނުވަންވާނެކަމަށާއި، ވޯޓު ލާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދު މަރުކަޒުތަކަށް ގިނަވެގެން އިތުރަށް އެއް ވޯޓު ކަރުދާސް ފޮނުވަންވާނެކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.