މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
13 Mar 2023 | 16:59
އިންތިޚާބަށް ދައުލަތުގެ މުދާ އަދި މީޑިޔާ ބޭނުންކުރަމުންދާ ދިޔުމަށް ހައްލު ބޭނުންވޭ: ނަޝީދު

އިންތިޚާބަށް ދައުލަތުގެ މުދާ އަދި ދައުލަތުގެ މީޑިޔާ ބޭނުންކުރަމުން ގެންދިޔުމާއި މެދު ކަންބޮޑުވުން ފާލުކޮށް އެކަމަށް ހައްލު ހޯދުމަށް ރައްޔިތުން މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އެގޮތުން މިއަދު ބޭއްވުނު ރައްޔިތުން މަޖްލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގައި ޔޫރޮޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަވޭޝަން ޓީމެއް މަޖްލީހަށް ވަޑައިގެންނެވި ކަމަށެވެ.

އަދި އެ ބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލު ކުރެއްވި ކަމަށާއި އެބޭފުޅުން ފާހަގަ ކުރެއްވާފައިވާ ކަންބޮޑުވުންތައް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިންތިހާބު ތަކާއި ބެހޭ ގާނޫނު އިސްލާހުކުރާ ބިލުން ފެންނާކަށް ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

"އެހެންމަ މިކަންކަން ފާހަގަކޮށްލުމަކީ އަޅުގަނޑު ގެ ނަޒަރުގައި ބޭނުންތެރި ކަމެއް. ހާއްސަކޮށް ދައުލަތުގެ މުދާ އިލެކްޝަނަށް ބޭނުންކުރުމާއި އަދި ދައުލަތުގެ މީޑިޔާ ހަމަ އެކަނި ވެރިކަމުުުގެ ފަރާތުން ބޭނުން ކުރަމުން ގެންދިޔުން މި ދެ ކަންތައް އެބޭފުޅުންގެ ކަންބޮޑުވުމުގެ ގޮތުގައި ފާހަގަ ކުރެއްވި." ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަމާއި ގުޅޭ ގާނޫނީ ހައްލު ލިބުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކިވަޑާއިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް