ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Mar 2023 | 13:40
ރައީސް ޔާމިނަށް ހުކުންކުރި ފަނޑިޔާރާއެކު ހެދި ޑީލު ތަންފީޒުކޮށް ނިންމައިފި: ސައީދު

ވ އާރަށުގެ ޚިޔާނާތް ސާބިތުވާކަމަށް ކަނޑައަޅާ ވާދަވެރި ސިޔާސީ ލީޑަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ޖަލު ހުކުން ކުރުމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރު އަހުމަދު ޝަކީލާއެކު ހެދި ޑީލު ސަރުކާރުން ތަންފީޒުކޮށް ނިންމައިފިކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ސައީދު ވަނީ ފުލުފުލުގައި ސަރުކާރުން އިސްލާހުތައް ހުށައަޅަމުންދާއިރު ޖުޑިޝަލް ސާވިސް ކޮމިޝަނަށް އޮތް ސިޔާސީ ނުފޫޒު ނައްތާލުމަށް ހުށައަޅާނެކަމަށް ބުނި ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުކުރާ އިސްލާހު ދައުރު ނިމެންދާއިރު ވެސް ހުށައަޅާފައި ނުވާތީ ފާޑުވިދާޅުވެފަ އެވެ. 

ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ސިފަކޮށްދެއްވާ މަޒާޖީ ގޮތަކަށް ސައީދު ވިދާޅުވީ ޝަރުއީ ދާއިރާއަށް އައި އެންމެ ބޮޑު އިސްލާހަކީ ދަށު ކޯޓުން ހުކުން ކުރާ ފަނޑިޔާރު، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާ ހިސާބުން އެ ކޯޓަށް އޮޓޯއިން ޕްރޮމޯޓުވާ އިސްލާހު ކަމަށެވެ. 

ސައީދުގެ އެ މިސާލުގައި އިޝާރާތް ކުރެއްވީ ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ހުކުން ކުރި ފަނޑިޔާރު އަހުމަދު ޝަކީލު، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ފަހުން ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އައްޔަންކޮށް އޭނާއަށް ހުވާލައިދިން މައްސަލައަށެވެ. 

ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ވ އާރަށުގެ މައްސަލައިގައި ހުކުމް ކުރީ ފަނޑިޔާއާއެކު ޑީލު ހަދައިގެންކަމަށް އޭރުވެސް އިދިކޮޅުން ތުހުމަތު ކުރަމުން ދިޔަކަމަށެވެ. އަދި ހައިކޯޓަށް ޝަކީލު ޕްރޮމޯޓުކޮށް އޭނާއަށް ހުވާލައިދީ މިހާރު ސަރުކާރުން އެ ޑީލު ތަންފީޒުކޮށް ނިންމާފައިވާކަމަށް ސައީދު ވިދާޅުވި އެވެ. 

"ދަށު ކޯޓުން ހުކުން ކުރާ ފަނޑިޔާރަށް، ހަމަ އެ މައްސަލަ ހައިކޯޓަށް ލީމަ އޮޓޯ ޕްރޮމޯޝަނެއްވެސް އެބަދޭ. ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ގާޒީގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެއީ އަޅުގަނޑުމެން ފެށުނީންސުރެ ވަކާލާތުކުރަމުން މިއައީ ބުނަމުން މި އައީ، އެ ފަނޑިޔާރަށް އެބައޮތޭ އެއްބަސްވުމެއް ހަދާފަ. އެ ފަނޑިޔާރު ހައިކޯޓަށް އެބަ ލައޭ، އިއްޔެ އެކަންވެސް ކޮށް ނިންމައިފި"

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު 

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑާ ކުރިކަމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އެ ދެ ދައުވާ ވެސް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފަ އެވެ. 

އެހެން ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި، އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ކަނޑައެޅި އެއްވެސް ހުއްޖަތެއް ފަނޑިޔާރަށް ދެއްކިފައެއް ނުވެއެވެ. އަދި މައްސަލައިގެ ހުކުމް ކޮށްފައިވަނީ "ސަބަބުވެރި އިންސާނެއްގެ ވިސްނުމުން" ކަމަށް ގާޒީ ވިދާޅުވުމަކީ ބޮޑު ގޯހެއްކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ. 

އޭގެ އިތުރުން މައްސަލަ ނިންމި ގޮތުގެ ޚުލާސާ ރިޕޯޓާއި، ޝަރީއަތް ހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަންވެސް ގާނޫނީ ވަކީލުން ފާހަގަކުރައްވައެވެ.

އޭގެ ތެރޭގައި ހެކިންގެ ހެކިބަހަށް އުނިއިތުރު ގެނެސްފައި ހުރުމާއި، ދައުލަތުން އެއް މައްސަލައެއްގައި ހުށައެޅި ލިޔެކިޔުންތައް ބަދަލުވެފައި ހުރުން ފަދަ މައްސަލަތައް ގާނޫނީ ޓީމުން ފާހަގަކުރައްވަ އެވެ. 

އެއާއެކު ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ހައިކޯޓުން އެ މަނިކުފާނު މިނިވަންވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ. އަދި ދަށު ކޯޓުން ހަދާފައިވާ ބޮޑެތި ގޯސްތައް ހައިކޯޓުގެ ފަނޑިޔާރުން ތަކުރާރު ނުކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.