ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ/މަޖިލިސް
ހަބަރު
14 Mar 2023 | 15:08
ތިލަމާލެ ބްރިޖު ޝެޑިއުލް ހާމަކުރެވޭކަށް ނެތް: ޕްލޭނިންގ މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ފަށާފައިވާ އެންމެ ބިޔަ މަޝްރޫޢު، މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ، ތިލަމާލޭ ބްރިޖު މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލް ހާމަކޮށްދެވެން ނެތް ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ. 

"މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު" ގެ ދަށުން އަމިއްލަ ފަރާތަކުން ތިލަމާލޭ ބްރިޖު މަޝްރޫއުގެ ޝެޑިއުލް ހާމަކޮށްދެއްވުމަށް އެދި ޕްލޭނިންގ މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއްގެ ޖަވާބުގައި އެމިނިސްޓްރީން ވަނީ އެކަން ކޮށްދެވެން ނެތް ކަމަށް ބުނެފައެވެ. 

އޭގެ ސަބަބެއް ކަމުގައި ޕްލޭނިންގ މިނިސްޓްރީން ބުނީ، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރާ އެއްބަސްވުމުގައި ހިމެނޭ ބައިތަކުގެ ކޮންފިޑެންޝަލިޓީ ހިފަހައްޓަން ޖެހޭތީ ކަމަށެވެ. އަދި އެ މަޝްރޫއުގެ ޝެޑިއުލް އަކީވެސް އެއްބަސްވުމުގެ ބައެއް ކަމަށްވާ ކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. 

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، ބުރިޖުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެ މައިލްސްޓޯންއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، ފުރަތަަމަ މައިލްސްޓޯންގައި މާލެއިން ފެށިގެން ގުޅިފަޅަށް ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށާ، އެކަން މި އަހަރުގެ ޑިސެމްބަރު މަހުގައި ނިމޭނެ ކަމަށް ބުނެފައިވެއެވެ. އަދި ދެވަނަ މައިލްސްޓޯންއަކީ 2024 ވަނަ އަހަރުގެ މެއި މަހަށް ގުޅިފަޅުން ތިލަފުށްޓާއި ހަމައަށް ބްރިޖުގެ މަސައްކަތް ނިންމުން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ބްރިޖުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށްނުދާކަމަށާ، ސަރުކާރުން އެކަމުގައި އެކި ފަހަރު އެކި ތާރީޚް ބުނަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އެކަމަށް އަމާޒުވެފައެވެ. 

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގަ އެވެ.

 

ކޮމެންޓް
އައިޝް
ހުވާ މިބުނީ މިވަރުގެ ނާޤާބިލް މިނިސްޓަރެއް މަނުދެކެން
14 Mar 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.