އާޒިމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
15 Mar 2023 | 10:37
ސަރުކާރު ކުންފުނިތަކަށް އޮތީ ކޮރަޕްޝަން ހިންގުމުގެ ކަންކަން މަތިކޮށްފައި: އާޒިމް

ސަރުކާރުން އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކޮރަޕްޝަން ހިންގުމުގެ އެންމެހާ ކަންކަން ކުރުމަށް މަތިކޮށްފައި ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ. 

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމަންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުން ހުށައަޅާފައިވާ މައްސަލައަށް ބަހުސްކުރައްވަމުން ނެވެ. 

އާޒިމް ވިދާޅުވީ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ މިންވަރަކަށް ކޮރަޕްޝަނުގެ ކަންކަން މިހާރު ފުޅާވެފައިވާ ކަމަށެވެ.

ވަކިން ޚާއްސަކޮށް މިއަދު ސަރުކާރުން ސަރުކާރު ކުންފުނިތައް ބޭނުން ކުރަމުންދަނީ ކޮރަޕްޝަން ހިންގުމަށްކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ފާޅުކަން ބޮޑުގޮތެއްގައި ކުރަމުންދާ ކަމެއްކަންވެސް ފާހަގަކުރެއްވި އެވެ. 

"ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ މިއަދު ކަރަޕްޝަންގެ އަމަލުތައް ހިންގުމަށް ސަރުކާރުން ސީދާ މަތިކޮށްފައިވާ ފަރާތްތައް. އެމީހުން ކަރަޕްޝަންގެ އަމަލުތައް ހިންގުމަށް ސަރުކާރުގެ ވަޒީރުން އެދަނީ މަޖުބޫރު ކުރަމުން. އެ ކުންފުނިތައް ހިންގުމަށް ތަފާތު އެކި އެކި ފަރާތްތައް ލުމަށްފަހު އެ ފަރާތްތަކާއި ގުޅާފަ މިވެނި މީހަކަށް ވަޒީފާ ދީ.. މިވެނި މީހަކަށް ޕްރޮޖެކްޓު ދީ، މި މަޖިލީހުގެ އެތައް މެމްބަރުންނަށް އެދަނީ އެ ކަންކަން ކުރަމުން"

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް 

އާޒިމް ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި މަޖިލީހުން ގޯޕެކްގައި ބައިވެރިވުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

އާޒިމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ކޮންޓްރޯލު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮތްކަމަށް އިއުލާނުކުރެއްވުމުން މަޖިލީހުގައި ކޮރަޕްޝަން އޮތް މިންވަރު ވަޒަންކޮށްލެވޭނެ ކަމަށެވެ. 

އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް އެކަން ބަދަލުކުރެވި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ކަންކަން މަޖިލީސްތެރެއިން ކުރަން ފެށޭނެކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް