ރޮޒައިނާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
15 Mar 2023 | 18:25
"ފަކުރެއްގެ ދިރުން" ހިންގާކަށް މަޖިލީހުގައި ޖާގައެއް ނުދެވޭނެ: ރޮޒައިނާ

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ އެމްޑީޕީގެ ތެރެއިން އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ގޮފި މަޖިލީހުގައި ހިންގަން ޖާގައެއް ނުދެވޭނެކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވަނީ ނަޝީދު އިސްވެ ހުންނަވާ އުފައްދަވާފައިވާ ގޮތްޕަކީ "ފަކުރެއްގެ ދިރުން" ކަމަށް ސިފަކުރައްވާފަ އެވެ.

އެ ގޮފިން ވަކި ޕީޖީއެއް ހަދައިގެން ކުރަން އުޅޭ މަސައްކަތަކީ ސިޔާސީ ޕާޓީތަކުގެ ގަވައިދާއި ރައްޔިތުންގެ މަޖިލީހުގެ އުސޫލުތައް ތަންދޭ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަޝީދުގެ ގޮފި ހިންގަން މަޖިލީހުގައި ޖާގައެއް ނުދެއްވާނެ ކަމަށެވެ. 

"ފަކުރެއްގެ ދިރުން... މާފުކުރައްވާ! ފިކުރެއްގެ ދިރުން މިތާ ތެރޭގައި ހިންގާކަށް، މިއީ އެ ޖާގަ އޮތް ތަނެއް ނޫން. މިތާގައި ހިނގަނީ ސިޔާސީ ޕާޓީތައް. ސިޔާސީ ޕާޓީތައް ހިނގާ އުސޫލުވެސް ބައެއް ބޭފުޅުން މިހާރު ހަނދާން ނެތިގެން އުޅޭތީ އަޅުގަނޑުމެން މިއަދު ހިތާމަކުރަން ޖެހޭ" 

މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ހުށައަޅުއްވާ ގަރާރަށް ވޯޓު ނުދެއްވަނީ ވެސް އުސޫލުން ބޭރުން ކަންކަން ކުރައްވަމުން ގެންދަވާތީ ކަމަށެވެ. 

ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައިގެން އެ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރުމުގެ ބަދަލުގައި ތިމާމެން ހިތަށް އެރިހާ ގޮތަކަށް ކަންކަން ކުރާނަމަ އުސޫލުތައް ނެގެހެއްޓުމަށް ގަރާރުވެސް ބޭރުކުރަން ޖެހޭ ކަމަށާއި، އެއާ ގުޅޭ އިތުރު ފިޔަވަޅުތައްވެސް އަޅަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. 

"މިއަދު އެމްޑީޕީގެ ބައެއް މެމްބަރުން މިތަނަށްލާ ޤަރާރުތަކަށް އަޅުގަނޑުމެން ނޫނެކޭ ބުނަން މަޖިބޫރުވެގެން މި ދަނީ އުސޫލުން ނެއްޓިގެން އުޅޭތީ. މިއަދުވެސް މިތަނުގައި ވާހަކަދެކެވުނު އެއް ގަރާރަށް އަޅުގަނޑުމެން ނޫނެކޭ ބުނަން ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މިހާރު ވަނީ ނިންމާފަ. ޤަރާރު ގޯސްވެގެނެއް ނޫން. ހަމަތަކާއި އުސޫލުތައް އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ހިފެހެއްޓުމުގެ މުހިންމު ކަމާހުރެ"

މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

އެމްޑީީޕީ އަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ގިނަ ދުވަސްވީ ޑިމޮކްރެޓިކް ޕާޓީއަށް ވީ ނަމަވެސް، ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމީއިން ނާކާމިޔާބުވުމާއި ގުޅިގެން ބަލި ގަބޫލު ނުކުރެއްވިގެން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މުޅި ސިޔާސީ ނިޒާމު ގަޑުބަޑުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. 

އެއާއެކު ރޮޒެއިނާ ވަނީ އެމްޑީޕީއިން 17 އަހަރު ވަންދެން ޑިމޮކްރަސީއަށްޓަކައި ކުރި މަސައްކަތުން ރައްޔިތުންނަށް ނަގައިދޭން ބޭނުންވާ ފިލާވަޅަކީ އެއީ ތޯ އައްސަވާ ސުވާލު ކުރައްވާފަ އެވެ. 

"ހިތާމަކުރަން ޖެހެނީ މިއަދު ޕްރައިމަރީއަކުން ބަލިވީމާ އެކަން ގަބޫލު ނުކުރެވިގެން ފަކުރެއްގެ ދިރުން.. މާފުކުރައްވާ އިއްޒަތްތެރި ރައީސް އަޅުގަނޑަށް ހަމަ އެހެން ކިޔެނީ.. ފިކުރެއްގެ ދިރުން ހައްދަވައިގެން މި ކުރައްވާ މަސައްކަތަކީ މުޅި ސިޔާސީ ނިޒާމު ގަޑުބަޑުކުރުން. މުޅި ސިޔާސީ ޕާޓީތައް އުފެދިފަ އޮތް މައިގަނޑު މަޤްޞަދު ގަޑުބަޑުކުރުން"

މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ރޮޒެއިނާ އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ރައީސް ނަޝީދުގެ "ފަކުރެއްގެ ދިރުން" ގެ މެމްބަރުން އެމްޑީޕީގެ މެމްބަރުންނަށް މަޖިލީހުގައި ޖެއްސުން ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރު ކުޑައިމީސް ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. 

އެހެން ނަމަވެސް މަޖިލީހުގައި މެމްބަރުން މަސައްކަތް ކުރަމުންދަނީ އިންތިޒާމުވެގެން މަޖިލީހުގެ ޤަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އެހެން ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު އިންނަވާ އެ ގަވައިދުތައްވެސް ނުހިފަހައްޓަވާ މަޖިލީސް ހިންގަވަމުން ގެންދާކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. 

އެއީ ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި، ނަޝީދާއި އޭނާގެ ވަފާތެރިން އަމަލުކުރައްވަމުން ގެންދާގޮތުގެ ސަބަބުން މަޖިލީހުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވަމުން އަންނަކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ޜަޒާނާ
ރޮޒޭއަށްފެންނާނެތިތަން
16 Mar 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.