މުޒާހަރާގެ ތެރެއިން އަވަސް ނޫހުގެ ނޫސްވެރިޔާ ހައްޔަރު ކުރަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
18 Mar 2023 | 21:32
ނޫސްވެރިޔާ ހައްޔަރު ކުރީ ފުލުހެއްގެ ގައިގައި ޖެހި މައްސަލައެއްގައި: ފުލުހުން

މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅުގެ ފަރާތުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޫސްވެރިޔަކު ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާއި ގުޅިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް މާލޭގެ މަގުމަތީގައި ކުރިއަށް ގެންދާ މުޒާހަރާ ކަވަރު ކުރަމުންދިޔަ "އަވަސް" ނޫހުގެ ނޫސްވެރިއެއް ކަމަށްވާ ހުސައިން ޖުމާން، ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނޫސްވެރިއެއް ކަން އަންގައިދޭ ކާޑުވެސް އަޅައިގެން ހުރި އެ ނޫސްވެރިޔާ ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން އޭނާގެ މޭމަތީގައި އަތް އަޅައި ކޮށްޕާވެސް ލާފައިވާ ކަމަށް އޭނާ އާއި ހަވާލާދީ އިދިކޮޅުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާރިޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މިއާއިއެކު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި ކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް އެ ޓްވީޓްގައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެންމެ ގަދައަށް ވަކާލާތުކުރި ކަމަށް ވާއިރު، ވެރިކަމަށް އައުމަށްފަހު ނޫސްވެރިންނަށް އެ މިނިވަންކަން ހޯދައި ނުދީ، ނޫސްވެރިންގެ ހައްގުތައް ހަނި ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާ ތަކުންނާއި ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ޚާއްސަކޮށް، ދާދިފަހުން ޗެނަލް 13 ގެ ނޫސްވެރިއަކަށް މުޒާހަރާ ތެރެއިން ސީރިއަސް އަނިޔާތަކެއްވެ، އެމެންޖެންސީ ގައި މާލޭގައި ފަރުވާ ދިނުމަށްފަހު ލަންކާއިންވެސް ފަރުވާ ހޯދަން ޖެހިފައިވާއިރު، އެނޫންވެސް ޗެނަލް 13 ގެ ނޫސްވެރިން ވަނީ ހައްޔަރު ކުރުމަށްފަހު ބަންދުގައި ބަހައްޓާފައެވެ. އެފަދަ މައްސަލަތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. 

ކޮމެންޓް
އިންތި
ނޫސްވެރިންނަކީ މުޒާހިރާގެ ބައިވެރިން ކަމުގައި ވެ ފުލުހުންނައް ހުރަސް އަޅާކަމުގަވާނަމަ ފާސް އޮތަސް ނޫސް ވެރިއެއް ކަމައް ނުބެލެވޭނެ
19 Mar 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.