ރޯދަ ފާހަގަކުރުމަށް ބޭރު ގައުމެއްގެ މަގުމަތި ޒީނަތްތެރިކޮށްފައި/ ފޮޓޯ: ޓްވިޓާ
ހަބަރު
19 Mar 2023 | 22:09
ކުޑަ ޢީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރިކުރުމުގެ ޕްލޭނު އޮތީ ހަދާފަ: ޑރ މުއިއްޒު

މި އަހަރުގެ ކުޑަ ޢީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ޕްލޭނު މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. 

ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރޯދަމަސް ފާހަގަކުރުމަށް މަގުތައް ޒީނަތްތެރިކޮށްފައި ހުންނަ ތަން ފެނިގެންދާ ފޮޓޯއެއް ހިއްސާކުރުމަށްފަހު އާންމު ރައްޔިތަކު ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި އެފަދައިން މާލޭގެ މަގުތައްވެސް ޒީނަތްތެރި ކުރާނެކަމަށް އުންމީދުކުރާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. 

މުސްލިމު ޤައުމަތުން ފާހަގަކުރާ ރޯދައާއި ޢީދުގެ މުނާސަބާ ފާހަގަކުރުމަށް ރާއްޖޭގެ ވެރިކަން ކުރާރަށުގެ މަގުތައް ރީނަތްތެރި ކުރުމަކީ "ސަޅި" ކަމަކަށް ވާނެ ކަމަށާއި، އެކަމުގެ ސަބަބުން މުސްތަގުބަލުގައި ފަތުރުވެރިކަމަށްވެސް ހެޔޮ އަސަރު ކުރާނެކަމަށް އެމީހާގެ ޓްވީޓުގައި ލިޔެފައިވެއެވެ.  

އެމީހާގެ އެ ޓްވީޓަށް ޖަވާބުދެއްވަމުން ޕީޕީއެމްގެ ނައިބުރައީސް ޑރ މުޢިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ވަނީ އެފަދައިން އެކަން ކުރުމަށް ނިންމާފައި ކަމަށެވެ. 

އެގޮތުން މާލޭގެ ވަށައިގެން އޮންނަ ރިންގު ރޯޑުގެ އިތުރުން މަޖީދީ މަގާއި ޖުމްހޫރީ މައިދާން އެފަދައިން ޒީނަތްތެރި ކުރާނެ ގޮތުގެ ޕްލޭނު ހަދާ ޑިސައިންވެސް ނިމިފައިވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިހާރު އޮތީ ޕްރޮކިއުމަންޓު ސްޓޭޖުގައިކަން ފާހަގަކުރެއްވި އެވެ. 

މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު 

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ މާލޭ ސިޓީ ކައުންސިލުން ޕްލޭން ކުރީ ރޯދައަށް މަގުތައް ޒީނަތްތެރި ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ރޯދައަށް އެކަން ވެދާނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، ޔަގީނުންވެސް ކުޑަ އީދަށް މަގުތައް ޒީނަތްތެރި ކުރެވޭނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކުޑަ އީދަށް މާލޭ ސިޓީ ކައުންސުލުން މަގުތައް ޒީނަތްތެރިކޮށްފިނަމަ އެއީ ސިޓީ ކައުންސިލުން އިސްނަގައިގެން އެފަދައިން ހިންގި ފުރަތަމަ ހަރަކާތަށް ވެގެންދާނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ