Advertisement

ރާއްޖެއާއި އިންޑިއާގެ ދިފާއީ ގުޅުން ވަރުގަދަ ކުރަން މަޝްވަރާ ކޮށްފި

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލާއި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ގްރިދާރް އަރްމަނެ ބައްދަލުކުރެއްވުން

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލާއި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ގްރިދާރް އަރްމަނެ ބައްދަލުކުރައްވައިފިއެވެ.

އެގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ދެބޭފުޅުންގެ ބައްދަލުވުމުގައި ދިފާއީ އެއްބާރުލުމަށް ކޮށްފައިވާ މުހިންމު ކަންތައްތަކުގެ ވާހަކަ ދައްކަވާ ދެ ގައުމުގެ ދެމެދުގައިވާ ދިފާއީ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ މަގުތަކާއިމެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ރާއްޖެއާއި އިންޑިއާގެ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގެ 4 ވަނަ ބުރަށް ރާއްޖެއަށް ރަސްމީ ދަރުރުުފުޅެއްގައި ވަޑައިގެންނެވި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި ވެސް ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އިންޑިއާ ސަރުކާރަށް އެގައުމުން ދިފާއީ ގުޅުން ވަރުގަދަ ކުރުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކޮށްފައެވެ.

މިއާއިއެކު ޑިފެންސް ސެކްރެޓަރީއިން މިދަތުރުފުޅުގައި ސެނެހިޔާއަށް ސިއްހީ ސާމާނުތަކެއްވެސް ވަނީ ހަދިޔާ ކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement