Advertisement

ރައީސް މާއުމޫން، ޤާސިމް މަޝްވަރާ ބައްދަލުވުމެއް!

ރައީސް މާއުމޫން، ޤާސިމް މަޝްވަރާ ބައްދަލުވުމެއް!

މޯލްޑިވްސް ރިފޯމް މޫމްމަންޓް (އެމްއާރއެމް) ގެ ޒައީމް ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދު 1 ގައި މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ، ހ. ފުލިދޫގޭއަށް ވަޑައިގެން ރައީސް މައުމޫން ވަނީ މީޑީއާއާއި ބައްދަލުކުރައްވާފައެވެ. ބައްދަލުވުމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ މިއީ ދެ ރަހްމަތްތެރިންގެ ބައްދަލުކުރެއްވުމެއްކަމުގައެވެ. 

"އަޅުގަނޑުމެންނަކީ ވަރަށް އެކުވެރި ދެ ރަހުމަތްތެރިން ކުރިއްސުރެ،" މައުމޫން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން އަދި އެއްވެސް ގޮތެއް ނިންމާފައިނުވާނެކަމަށާއި، އިންތިހާބުގައި ހުރިހާ ޕާޓީއަކާއެކުވެސް މަސައްކަތް ކުރުމުގެ ދޮރު ހުޅުވިފައިވާކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން ވަނީ އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެއާއެކު ރައީސް ސޯލިހާ އެކު ކުރިއަށް ދިއުމަށް އިތުރަށް މަޝްވަރާ ކުރަން ވަނީ އެމްއާރއެމްއިން ވަނީ ނިންމައިފަ އެވެ.

ބައްދަލުވުން މިހާރު ކުރިއަށް ދާއިރު، ބައްދަލުވުމަށް ފަހު މީޑީއާއާށް މައުލޫމާތު ދެއްވާނެކަމަށް ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement