ޒަކާތް ދައްކަނީ--ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
20 Mar 2023 | 16:44
މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު ހާމަކޮށްފި

މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދުތަކާއި ޒަކާތް ދެއްކޭނެ ގޮތްތައް އިސްލާމިކް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން (23 މާރޗް) އިން ފެށިގެން 27 ރަމަޟާން (18 އޭޕްރީލް) އާއި ހަމައަށް ތިރީގައިވާ ޓޭބަލްގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ނެރުން އިއުލާނުގައިވާ ޓޭބަލް

ބަނޑޭރި ޕޭ ތެރެއިން ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެެހިފައިވަނީ މިނިސްޓްރީއިން ކަނޑައަޅާފއިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ބާވަތްތަކާއި ފައިސާގެ އަދަދުތައް:

-އާދައިގެ ހަނޑޫ: 12 ރުފިޔާ

-ތައިލެންޑް ހުދު ހަނޑޫ: 84 ރުފިޔާ

-ރަތް ހަނޑޫ: 99 ރުފިޔާ

-އާދައިގެ ބާސްމަތީ ހަނޑޫ: 84 ރުފިޔާ

-މޮޅު ބާސްމަތީ ހަނޑޫ: 100 ރުފިޔާ

-އެންމެ މޮޅު ބާސްމަތީ ހަނޑޫ: 125 ރުފިޔާ

-އާދައިގެ ފުށް: 12 ރުފިޔާ

-އާޓާ ފުށް: 75 ރުފިޔާ

މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް 26 މާރިޗު އިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެގޮތުން މިނިސްޓްރީއިން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 ން 13:00 އާއިހަމައަށެވެ.

މިއާއިއެކު މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލަކުން ކަމަށް އިއުލާން ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.