ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ/ ފޮޓޯ: ދިޔަރެސް
ހަބަރު
21 Mar 2023 | 09:57
މާރިޔާ މަޤާމުން ވަކިކުރަން ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މޮޓޯކޭޓަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅަން ފުރުސަތު ލިބި، އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި މައްސަލައިގައި ޑިފެންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް މަޤާމުން ވަކިކުރުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. 

އެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފެވެ. 

އެ މައްސަލަ ހުށައަޅުއްވަމުން މެމްބަރު ހުސެއިން ވިދާޅުވީ އިދިކޮޅުން ޕީޕީއެމް މައި އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުންދަނިކޮށް ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޓު މުޒާހަރާތެރެއަށް ވަނުމަކީ ނޭނގި ކުރެވުނު ކަމެއްކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި އެއީ ރޭވިގެން ހިންގާފައިވާ ކަމެއްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. 

ރޭ ހިނގި އެ ހާދިސާއިން ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ފެއިލުވެފައިވާ މިންވަރު ފެނިގެންދާ ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނަންގަވަން ޖެހޭކަމަށް މެމްބަރު ހުސެއިންގެ ކުއްލި މައްސަލައިގައި ބަޔާންކޮށްފައި ވެއެވެ. 

އެހެން ފަރާތެއްގެ ބޮލުގައި އިލްޒާމެއް އެޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ގުޅުންހުރި ކަންކަން ކޮމްޕްރޮމައިސްކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން ފާހަގަކޮށް އެ ކުއްލި މައްސަލައިގައި ވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިން މައްސަލައިގައިވެސް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިހުމާލު އޮތްކަން ފާހަގަކުރައްވާފަ އެވެ. 

މެމްބަރު ހުސެއިން ވިދާޅުވީ ދައުލަތުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ ޑިފެންސް މިނިސްޓަރު މަޤާމުން ވަކިކުރަންޖެހޭވަރުގެ ސީރިއެސް މައްސަލައަކަށް ވާތީ މިހާރުން މިހާރަށް ޑިފެންސް މިނިސްޓަރުގެ މަޤާމުން މާރިޔާ ވަކިކުރުމަށާއި ގަސްދުގައި ރައީސުލްޖުމްޙޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޓުގެ ސެކިއުރިޓީ ބްރީޗްކުރި މައްސަލަ ތަޙުގީގުކުރުމަށް ގޮވާލައްވާ ކަމަށެވެ. 

އެ މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ 6 މެމްބަރުންނެވެ. މައްސަަލަ ބަލައިނުގަތުމަށް 17 މެމްބަރުން ވަނީ ވޯޓުދެއްވާފަ އެވެ. އެއާއެކު ރައީސުލްޖުމްޙޫރިއްޔާގެ ސެކިއުރިޓީއާއި ގުޅުންހުރި އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ. 

ކޮމެންޓް
އިއްބެ
މިފަހުޒަމާނުގައިވެރިކަމަށްފައިނަގާވަޔަށްމަސައްކަތްކުރާމީހުންގިނަވާނެއެވެއަދިދުލުންތެދެއްނުބުނާނެއެވެ
21 Mar 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.