މެމްބަރު ޣަފޫރު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
21 Mar 2023 | 11:33
މަޖިލީހުގައި ކޮރަޕްޝަނޭ ކިޔާ ވާހަކަދެއްކި މީހުން ގޯޕެކްގައި ބައިވެރިވާން ވޯޓެއް ނުދިން: ޣަފޫރު

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން މަޖިލީހުގައި ދައްކަވާ ވާހަކައާއި އެބޭފުޅުންގެ އަމަލާއި ދިމާނުވާކަން ފާހަގަކުރައްވާ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފި އެވެ. 

މަޖިލީހުގައި މިހާރު ކުރިއަށްދާ އާންމު އިންތިޚާބާއި ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ބަހުސުގައި ވާހަކަދައްކަވަމުން ގަފޫރު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ނޫސްވެރިކަމުގެ ހައްޤަށް ހުރަސްއެޅޭކަމަށް ދެކެވޭ ވާހަކައަކީ ހަމައެކަނި ބަހުސުގެ ބޭނުމަށް މަޖިލީހުގައި ދައްކަމުންދާ ވާހަކައެއް ކަމަށެވެ. 

އިސްލާހު ފާސްވެގެން އަންނައިރު ނޫސްވެރިންގެ ހައްގަކަށް ހުރަސް ނޭޅޭނެ ކަމަށާއި، އަދި އިންތިޚާބުތައް ކަވަރުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމުގެ މަގު އޮންނާނީ ފަހިވެފައިކަމަށް އޭނާ ވިދާޅުވިއެވެ. 

ޣަފޫރު ވިދާޅުވީ ފުލުހުންގެ ގާނޫނަށް ހުށައެޅި އިސްލާހާއި ގުޅިގެންވެސް މަޖިލީހުގައި ހަމަ އެފަދަ ބަހުސެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން އެ އިސްލާހުގެ ސަބަބުން ފުލުހަށް ވަންނައިރު ބެކްގްރައުންޑު ޗެކު ނުކުރާގޮތަށް ހެދުމަށް މަސައްކަތް ކުރާ ކަމަށާއި، އެފަދަ އެތައް ވާހަކައެއް މަޖިލީހުގައި ދެކެވުނުކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެން ނަމަވެސް އެ ގާނޫނު އިސްލާހުވެގެން ދިޔައިރު، އޮތީ ބެކް ގްރައުންޑު ޗެކު ނުކުރެވޭ ގޮތަށް ނޫން ކަމަށާއި، ތަޅުމުގައި ގިނަ ފަހަރަށް ސާރުކާރަށް ފާޑުކިޔާ މެމްބަރުން ދައްކަވަާ ވާހަކަތަކީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ގަފޫރު ވިދާޅުވިއެވެ. 

ޣަފޫރު ދެން ވިދާޅުވީ މަޖިލީހުގައި ސަރުކާރާއި ދެކޮޅު މެމްބަރުން ދައްކާ ވާހަކައާއި ވޯޓަށްވުމުން އެބޭފުޅުން އަމަލުކުރައްވާ ގޮތާއި ދިމާނުވާ ވާހަކައެކެވެ. 

ދުނިގޭ ގައުމުތަކުގެ ޕާލަމެންޓްތައް / ގާނޫނު ހަދާ މަޖިލިސްތައް ބައިވެރިވާ ކޮރަޕްޝަނާ ދެޅު ޖަމިއްޔާއެއް ކަމަށްވާ ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލަމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) ގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބައިވެރިވާން  ރިޔާސަތުން ހުށައެޅުއްވި މައްސަލައަށް ވޯޓުދިން ދުވަހު ކަން ހިނގައިދިޔަ ގޮތުގެ މިސާލު ނަންގަވާ ޣަފޫރު ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް މަޖިލީހުގައި ވަކާލާތު ކުރުމަށްފަހު ގޯޕެކުގައި ބައިވެރިވުމަށް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވޯޓުދީފައި ނުވާކަމަށެވެ. 

ނަޝީދުގެ ފިކުރެއްގެ ދިރުން ޕީޖީ މެމްބަރުން 

"މި މަޖިލީހުގައި ދައްކަވާ ވާހަކައަކީ ހަގީގަތަށް ބިނާކޮށް ގިނަ މެމްބަރުން ދައްކަވާ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް ފެނުނު މި މަޖިލީހަށް ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލަމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) ކަންތައް މަޖިލީހުގެ ރައީސްގެ މޭޒުން ހުށައެޅީމާ މިތަނުގައި ދެއްކި ވާހަކަ. އެކަން ކުރުމުގެ ނިޔަތުގައި ވަރަށް ގިނަ ބޭފުޅުން ވާހަކަފުޅު ދެއްކެވި. އެހެން ނަމަވެސް އެކަން ބަލައިގަންނަން ވޯޓަށް ދިން އިރުގައި ކޮން ބައެއްތޯ ވޯޓު ދިނީ؟ އެބޭފުޅުންގެ އެއްވެސް ބޭފުޅަކު (ފިކުރެއްގެ ދިރުން މެމްބަރުން) އެޔަކަށް ވޯޓެއް ނުދެއްވާ. އެންމެ ބޭފުޅަކު ނޭނގޭ ނުދޭކަމެއް. އެކަމަކު އަޅުގަނޑުމެންގެ 45 މެމްބަރުން ވޯޓުދީގެން އެއޮތީ އެކަން ބަލައިގަންނަން ފާސްކޮށްފަ"

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރުގެ ވާހަކަފުޅުގައި އިޝާރާތްކުރައްވާފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ "ފިކުރެއްގެ ދިރުން" މެމްބަރުންނަށެވެ. 

އެގޮތުން ޣަފޫރު ވިދާޅުވީ ގޯޕެކްގައި މަޖިލީހުން ބައިވެރިވުމަށް ފާސްކުރީ ސަރުކާރު މެމްބަރުން ވޯޓުދީގެން ކަމަށެވެ. ނަޝީދުގެ މެމްބަރުން މަޖިލީހުގައި އެކި ގޮތްގޮތަށް ވާހަކަދެއްކެވުމަށްފަހު ވޯޓުގައި ބައިވެރިވެފައި ނުވާކަމަށާއި އެހެންކަމުން ދައްކާ ވާހަކައިގެ އިޚްލާސްތެރިކަން އޮތީ ކިހާ މިންވަރަކަށްކަން ރައްޔިތުންނަށް ސާފުވާކަމަށް ޣަފޫރު ވިދާޅުވި އެވެ. 

ގޯޕެކްގައި ބައިވެރިވުމަށް ފާސްވެފައިވަނީ 45 މެމްބަރުންގެ ވޯޓާއި އެކުގައެވެ. 

އެހެން ނަމަވެސް އެދުވަހުގެ ވޯޓުގައި ނަޝީދު ފަޅީގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.