ފިނޭންސް މިނިސްޓަރު އަމީރު/ ފޮޓޯ: މަޖިލިސް
ހަބަރު
22 Mar 2023 | 11:26
މުސާރަ ބޮޑުކުރުމަކީ އިންފްލޭޝަން ބޮޑުވާ މައްސަލައަށް އޮތް ޙައްލެއް ނޫން: އަމީރު

އިންފްލޭޝަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި މުސާރައާއި އެލަވެންސް ބޮޑުކުރުމަކީ އެ މައްސަލައަށް އޮތް ޙައްލު ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. 

ފިނޭންސް މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރަށް ސުވާލުކުރަން ލިބިލެއްވި ފުރުސަތުގައި މެމްބަރު ސަލީމު ވަނީ ސަރުކާރުގެ ހުރިހާ މުވައްޒަފުނަށް ރޯދަ އެލަވެންސް ދެވިއްޖެތޯ އައްސަވާފަ އެވެ. އަދި އިންފްލޭޝަން ބޮޑުވަމުންދާ މި ދުވަސްވަރުގައި އެލަވަންސް ބޮޑުކުރުމާއި ގުޅިގެން މިނިސްޓަރުގެ ވިސްނުންފުޅަކީ ކޮބައިތޯ ސަލީމު އެއްސެވިއެވެ. 

ސަލީމުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ރޯދަ އެލަވެންސް ދޭންޖެހޭ ހުރިހާ ފަރާތްތަކަށް އެ އެލަވެންސް ދީފައިވާ ކަމަށެވެ. 

އެހެން ނަމަވެސް އިންފްލޭޝަން ބޮޑުވާއިރު، ނުވަތަ ތަކެތީގެ އަގުތައް އުފުލެމުންދާއިރު، އެލަވަންސް ބޮޑު ކުރުމަކީ އެކަމުގެ ޙައްލުކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އިންފްލޭޝަން ކޮންޓްރޯލުކުރުމަށްޓަކައި އިންފްލޭޝަން މަތިވާ މިންވަރަކުން ސެލަރީ ނުވަތަ އިނާޔަތްތައް ބޮޑުކުރުމަކީ އަދި އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ. ޑިމާންޑު ޕުލް އިންފްލޭޝަނަކަށް އަންނަނީ. މުސާރަތައް ބޮޑުވާ ވަރަކަށް ޕާޗޭސިން ޕަވާ ބޮޑުވާވަރަކަށް އަނެއްކާވެސް އޭގެ ޑިމާންޑު ކްރިއޭޓުވާނެ"

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 

މިނިސްޓަރު އިތުރަށް ވިދާޅުވީ މަސައްކަތް ކުރަންވީ އިންފްލޭޝަން ކުޑަ ކުރުމަށް ކަމަށެވެ. އަދި ތަކެތީގެ އަގުތައް ބޮޑު ވިޔަނުދީ ހިފެހެއްޓުމަށް ކަމަށެވެ. 

އެހެން ނޫންކަމަށްވާނަމަ އިންފްލޭޝަންގެ މައްސަލައަށް މުސާރަތައް ނުވަތަ އެލަވަންސްތައް ބޮޑުކޮށްގެން ޙައްލު ނުލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު ތަކެތީގެ އަގުތައް ބޮޑުވަމުންދާތީ މިއަހަރުގެ ރޯދަ އެލަވެންސް ބޮޑުކޮށްދިނުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ގަރާރު ވަނީ ބޭރުކޮށްލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.