ރައީސް ޞާލިހް އާއި ސިޔާމް ސަލާމް ކުރައްވަނީ--
ހަބަރު
22 Mar 2023 | 11:25
ފުރަތަމަ ބުރުން ރައީސް ޞާލިހު ވެރިކަމަށް ގެންނާނަން: ސިޔާމް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިވެހި ރާއްޖޭގެ ވެރިކަމަށް ގެންނާނަނެ ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވެފައިވަނީ އިއްޔެ މުލިއާ ގޭގައި ރައީސް ޞާލިހު އާއި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

އެގޮތުން ސިޔާމް ވިދާޅުވެފައިވަނީ ފާއިތުވި 25 އަހަރުގެ ތެރޭ އޭނާއަށް ފެނިވަޑައިގަތް ވެރިކަންތަކުގެ ތެރެއިން އެންމެ އަދުލުވެރި އަމާން ވެރިކަމެއް ކުރެއްވީ ރައީސް ޞާލިިހުގެ ސަރުކާރުން ކަމަށެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ތެރޭގައިވެސް މުޅި ދުނިޔޭގެ ހުރިހާ ޤައުމަކުން ފާހަގަކުރާ ރަނގަޅު މިސާލެއްގެ ގޮތުގައި ރާއްޖޭގެ އިޤްތިސާދު ކޮޅަށް ޖެހުމުގައި މި ސަރުކާރުން ނަމޫނާ ދެއްކެވިކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.

މިއާއިއެކު އެމަނިކުފާނަކީ ހިތްތިރީ، ރަނަގަޅަށް މަސައްކަތްކުރެއްވި ރައީސެއް ކަމަށް ފާހަގަކުރައްވާ އެމްޑީއޭގެ ކައުންސިލުންނާއި އެޕާޓީގެ ގިނަ މެމްބަރުން މިހާރު ދެކެނީ ރައީސް ޞާލު އާއިއެކު ކޯލިޝަން ހެދުމައިގެން ކުރިއަށް ގެންދަން ކަމަށް ސިޔާމް ވިދާޅުވިއެވެ.

އަދި މި ކޯލިޝަނާއިއެކު ކުރިއަށް ދިޔުމުގައި ކާމިޔާބު ވާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށްވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަަމަ ފުރަތަމަ ބުރުން، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ދިވެހި ރާއްޖޭގެ ވެރިކަމަށް ގެންނާނަން. އެ ކަމުގެ ޔަގީންކަން އަަޅުގަނޑުމެންނަށް އެބައޮތް" ސިޔާމް ވިދާޅުވެފައިވެއެވެ.

މުލިއާ ގޭގައި ބެއްވުނު މި ބައްދަލުވުމުގައި ސިޔާމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.