މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) -- ފޮޓޯ/ މަޖިލިސް
ހަބަރު
23 Mar 2023 | 14:50
ރައީސް ނަޝީދު ބޭނުންވަނީ ތިމާ ނޫން މީހަކަށް ވެރިކަން ލިބެންޏާ އެމްޑީޕީ ފުނޑާލަން: ޝަރީފް

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންވަނީ އެމްޑީޕީއަށް ވެރިކަން ލިބުމުގެ ބަދަލުގައި އެމަނިކުފާނު ނޫން މީހަކަށް ވެރިކަން ލިބިއްޖެނަމަ އެ ޕާޓީ ފުނޑާލަން ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

އެގޮތުން މިއަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު އަދި އެމަނިކުފާނުގެ ފިކުރެއްގެ ދިރުންވެސް މަސައްކަތް ކުރަނީ އެއްގޮތަކަށްވެސް އެމްޑީޕީއަށް ރަނގަޅު ގޮތެއް ހޯދާދެކަށްނޫން ކަމަށާއި މަސައްކަތް ކުރަނީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލެވޭނެ ގޮތެއް ފެނޭތޯ ކަމަށެވެ.

ޝަރީފް ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިގެން ނަޝީދު އެކުރައްވާ މަސައްކަތަކީ އެމްޑީޕީގެ މެމްބަރުން ދެކެ ކޯފާ އިސް ކުރައްވައިގެން، ޕާޓީގެ ކިބައިން ބަދަލު ހިއްޕަވާ، ދެރަ ދޭން ކުރައްވާ މަސައްކަތެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މިއާއިއެކު ޕްރައިމަރީގެ ބަލި ގަބޫލް ނުކުރައްވާ ޕާޓީ މެމްބަރުންގެ ނިންމުމަށް ގޮންޖައްސަވާ، ރައީސް ނަޝީދު އިދިކޮޅު ފަރާތްތަކާއި ގުޅިގެން ކުރައްވާ މަސައްކަތުން އެނގޭ އެއް ކަމަކީ އެމަނިކުފާނަކީ ޑިމޮކްރަސީ ގެ ހަމަތައް ގަބޫލް ނުކުރައްވާ ބެފުޅެއްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އަދި ރައީސް ނަޝީދު މިހާރު އަމަލު ކުރައްވަމުން ދާ ގޮތުން ޑިމޮކްރަަސީ އޭ ކިޔާގެން ދައްކަވަމުން އައި ވާހަކަ ތަކަކީ ހަމަ އެކަނި ވެރިކަން ހޯއްދެވުމަށް ބޭނުން ކުރައްވާ އުކުޅެއްކަން މާބޮޑަށް ސާފު ވެއްޖެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އިދިކޮޅު ޕާޓީތަކާއި ގުޅިގެން ކުރައްވަނީ އެމަނިކުފާނަށް މޮޅެއް ލިބޭ މަސައްކަތެއް ކަމަށާއި ރައީސް ނަޝީދަށް އެންމެ މުހިންމު ވަނީ އެމްޑީޕީއަށް ވެރިކަން ލިބުމުގެ ބަދަލުގައި ތިމާ ނޫން މީހަކަށް ވެރިކަން ލިބެންޏާ އެމްޑީޕީ ފުނޑާލުން ކަމަށެވެ.

މިކަމާއިމެދު ޕާޓީއަށް އިޚްލާސްތެރި މެމްބަރުން ފުންކޮށް ވިސްނާ އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަން ޖެހޭނެ ކަމަށް ޝަރީފް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބަށް ޖޭޕީން ވަކިން ނިކުންނަން އިއުލާނު ކުރުމާއެކު ނަޝީދުގެ ފިކުރެއްގެ ދިރުމުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާފައެވެ. އަދި ޖޭޕީއާއި ފިކުރެއްގެ ދިރުން ގުޅިގެން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއް އެކުލަވާލާ ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރާނެކަން ވެސް އިއުލާނުކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.