އިބްރާހިމް އިސްމާއިލް (އިބުރާ)-- ފޮޓޯ/ ސަން
ހަބަރު
24 Mar 2023 | 11:39
"މައުމޫނީ ނިޒާމް ހިންގަން ރައީސް ޞާލިހު ބަހައްޓަނީ ކީއްކުރަން؛ ރައީސް މައުމޫން މާ ރަނގަޅު ވާނެ ނޫންތޯ؟"

"މައުމޫނީ ނިޒާމް" ހިނގުމަށްޓަކައި ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބަހައްޓަންވީ ކީއްވެތޯއާއި އެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާ ރަނގަޅު ވާނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ދެބައިވެ، ޕާޓީގައި އެތައް ޒަމާނެއް ވަންދެން އުޅުނު މީހުންވެސް ޕާޓީއާއި ފެޔަށް ޖެހި، ޕާޓީގެ ތެރޭގައި ގިނަގުނަ ހަމަނުޖެހުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި އެކަންކަމަށް އަލި އަޅުވާލައި އިބުރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގައި ތިބި ސިޔާސީ މުފައްކިރުން ޕާޓީއާ ދުރަށްދަނީ އެމީހުންގެ ވިސްނުމުގެ ބޭނުން ކުރަން ޕާޓީގެ އިސް ސަފުން ބޭނުން ނުވާތީ ކަމަށެވެ. އެގޮތުން ޕާޓީގެ "ލީޑަރޝިޕުން" އަބަދުވެސް ދެކެނީ ލީޑަރޝިޕް ކޮންމެގޮތަކަށް ޢަމަލުކުރިޔަސް މެންބަރުންގެ ވޯޓް ލިބޭނޭކަމަށް ކަމުގައި އިބްރާ ވިދާޅުވިއެވެ.

އެހެންކަމުން ޕާޓީގެ ލީޑާޝިޕުން މަސައްކަތް ކުރަނީ އެހެންޕާޓީތައް ރުއްސަން ކަމަށާ އޭގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީއަށް ގެއްލެނީ އެޕާޓީގެ ޙަޤީޤީ މެންބަރުން ކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާގެ އެވާހަކަ އާއި ގުޅިގެން މީހަކު ކުރި ކޮމެންޓެއްގައި ވަނީ އެފަދައިން ކަންކަން ހިނގަންފެށީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިބުރާގެ ކޮއްކޮ އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް އިންތިހާބުވެވަޑައިގެންނެވި ފަހުން ކަމަށް ބުނެފައެވެ. 

އެވާހަކަ އަށް ރައްދު ދެއްވައި އިބުރާ ވިދާޅުވީ މިއީ މިއަދުގެ ކަމެއް ނޫން ކަމަށާއި އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް މެދުވެރިވަނީ މި ޙާލަތު ކަމަށެވެ.

"2008 ގައި ރައީސް ނަޝީދު އިންތިޚާބުވި ހިސާބުން ޕާޓީ އުފަންކުރުމުގައި މިނިވަން ވިސްނުން ގެންގުޅުނު ހުރިހާ މީހުން އެކަހެރި ކުރި. 2012 އިން 2018 އަށް އެމީހުން މުހިންމުވި. 2018 އިން ފެށިގެން އަނެއްކާވެސް އެކަހެރި." އިބްރާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަަށް ފައްޔާޟް އިންތިޚާބު ވިތާ މާ ގިނަ ދުވަހެއް ނުވާކަން ފާހަގަ ކުރައްވައި އިބުރާ އިތުރަށް ވިދާޅުވީ، ފައްޔާޟް އެ މަގާމުގައި ހުންނެވި ނަމަވެސް އޭނާއަކީ ޕާޓީގެ ސިޔާސީ ކަންތައްތައް ނިންމަވަންޖެހޭ ފަރާތްނޫން ކަމަށެވެ. އަދި ޕާޓީގެ ސިޔާސީބައި ހިންގަން އޮންނަނީ ޕާޓީގެ ރައީސާއި އިސްލީޑަރަށް ކަމަށްވެސް އިބްރާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އިބުރާގެ ޓުވީޓަށް ކޮމެންޓު ކުރި އެހެން މީހަކަށް ރައްދު ދެއްވަމުން އޭނާ ވަނީ ކޮންމެ ޕާޓީއަކުން ވެރިކަން ހިންގިޔަސް، އެބަޔަކު ޤަބޫލުކުރާ މެނިފެސްޓޯއެއް ހިންގޭތޯ މަސައްކަތްކުރަންވާނެ ކަމަށެވެ. 

"މައުމޫނީ ނިޒާމް ހިންގަން ކޮންމެހެން އިބޫ ބަހައްޓަނީ ކީއްކުރަން. މައުމޫނު މާ ރަނގަޅުވާނެނުން އެކަމަށް." އިބްރާ ވިދާޅުވެފައިވެއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އިބުރާ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އަސާސްތައް ހިފަހައްޓާނެ ބަޔަކު ޕާޓީގެ އިސްސަފުގައި ނެތްތާ ކިތަންމެ ދުވަހެއް ވެފައިވާ ކަމަށާ، އެފަދަ ޖާގައެއްވެސް ޕާޓީގައި ނެތުމުން އެމީހުން ތިބީ އެއްކައިރީގައި މަންޒަރުބަލަން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.